ފަހުގެ ޚަބަރު


އިތުރަށް...

ލ. ގަމު ކައުންސިލުގެ ރައީސް ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި

ލިޔުނީ: Unknown - Thursday, October 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލ. ގަމު ކައުންސިލްގެ ރައީސް ހުސައިން މޫސާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ހައްޔަރުކުރުމަށް ހައިކޯޓުން އަމުރެއް ނެރެފިއެވެ.

ހުސައިން މޫސާ ހައްޔަރުކުރުމަށް ހައިކޯޓުން އަމުރެއް ނެރުނީ ލ. އަތޮޅު ސިނާއީ ސަރަހައްދުން އެކިއެކި މީސްމީހުންނަށް ގަވާއިދާ ހިލާފަށް ގޯތި ވިއްކާ އަދި ސައްހަ ނޫން ރަޖިސްޓްރީ ހަދައދިން މައްސަލާގައި އޭނާ ހައްޔަރުކޮށްގެން ތަހިގީގުކުރަން ބޭނުންވެގެން ހައްޔަރު ކުރުމަށް އަމުރަކަށް އެދި ހުށަހެޅުމުން އަމުރެއް ނެރޭނެތަނެއް ނެތްކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅުމުން އެމައްސަލަ އިސްތިއުނާފުކުރުމުންނެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ފުލުހުން ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު ހުސައިން މޫސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުގައި ބަހައްޓައިގެން ތަހުގީގުކުރަން ޖެހޭކަމަށް މައްސަލ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމައި އޭނާ ހައްޔަރުކުރުމުގެ އަމުރުކޮށް މައްސަލަ ނިންމި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މިމަހު 5 ވަނަ ދުވަހުގެރޭވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ޙުސައިން މޫސާ ގެންގޮސްފައެވެ. އެކޯޓު އަމުރުގައިވާގޮތުން ހުސައިން މޫސާގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ ކޮށްފައިވާކަމަށްވެސް އެލްއޭ ނިއުސް އަށް އެނގިފައިވެއެވެ. 

ހުސައިން މޫސާ ހައްޔަރުކޮށްފައިވަނީ އެމްޑިޕީގެ މެންބަރުންނަށް މިދުވަސްވަރު ސަރުކާރުން ބިރުދެއްކުމަށް ކުރަމުން އަންނަ ކަންތައްތަކުގެ ދަށުން ކަމަށް ލ. ގަމު އެމްޑީޕީ ދާއިރާއިން ސިފަކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް