ފަހުގެ ޚަބަރު


އިތުރަށް...

ލ. ފޮނަދޫ ސިނާޢީމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެއްޖެ

ލިޔުނީ: Unknown - Thursday, October 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
 1909: މވަގުތު މުފީދުގެ ބޮލުގެ އެކްސްރޭ ނެގުމަށްވަނީ އެކްސްރޭ ރޫމަށް ވައްދާފައިކަމަށް އެ އާއިލާއިން ބުނޭ
ލ. ފޮނަދޫ ސިނާޢީމަގުން ފޮނަދޫ ބަރާސިލް އަވަށުގައި ސްޓޭޑިއަމް އެޅުމަށް ނަގާފައިވާ ސަރަޙައްދު ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:45 ކަންހާއިރު އެވެ. ކައްދޫ މުދިމަކަށް މަސައްކަތްކުރާ މެދުއުމުރުގެ މުފީދު ބަންގިގޮވުމަށް ފޮނަދޫން ކައްދުއަށް ދުއްވާފައިދަނިކޮށް އެކްސިޑެންޓްވި ހިސާބުގައި އޮންނަ ދަނޑުބިމެއްގައި މަސައްކަތްކުރާ މީހަކު (މުޙައްމައިދީ) ސައިކަލްގައި ބޮޑުމަގަށް ނުކުތްވަގުތު ދެ ސައިކަލް ޖެހުނުކަމަށް ޤަބޫލުކުރެވެއެވެ.

މި އެކްސިޑެންޓްގައި އެންމެބޮޑަށް އަނިޔާވެފައިވަނީ ކައްދޫ މުދިމު މުފީދަށެވެ. މުފީދުގެ ބޯ ވަރަށްބޮޑަށްަ ފަޅައިގެންގޮސް އެ ހިސާބަށް ލޭފައިބާފައިވާ މަންޒަރު ފެންނަން ހުއްޓެވެ.
 އެކްސިޑެންޓްގައި އަނިޔާވި ދެމީހުންވެސް މިވަގުތުވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި ފުލުހުން މިވަގުތުވެސް އެކްސިޑެންޓް ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.
އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ މުފީދު ކިޔާ މީހަކަށް ކަމަށާއި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މަޢުލޫމަތުލިބެއެވެ.

މިޙާދިސާއާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން ބުނީ އަދި ވަކިއެއްޗެއް ދަންނަވަން ދަތި ކަމަށާއި ޑޮކްޓަރުން މިހާރު ބައްލަވަމުންދާ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.


މުފީދުގެ ބޯ ފަޅައިގެންގޮސް ވަރަށްބޮޑަށް އަނިޔާވެފައިވީނަމަވެސް މުފީދު ސައިކަލް ދުއްވަން އިނީ ހެލްމެޓް އަޅައިގެންނެވެ. އަދި އެއީ އޭނާ އާދަވެ ސައިކަލް ދުއްވާގޮތްކަން ފާހަގަކޮށްލަން ޖެހެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެވަގުތު ސައިކަލް ދުއްވަން އިން ދެމީހުންނަށެވެ. މި ދެމީހުންނަށްވެސް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ދެމީހުންގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އެ ދެ މީހުންގެވެސް ހާލު ސީރިއަސްކަމަށް އެ ދެ މީހުން ބައްލަވާ ޑޮކްޓަރު ވަނީ ފުލުހުންނަށް މަޢުލޫމާތުދީފައެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް