ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫގައި މިއަދު ހަވީރު ހިނިގި އެކްސިޑެންޓްގެ ވީޑިއޯ

ލިޔުނީ: Unknown - Thursday, October 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫގައި ދެ ސައިކަލު ޖެހި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 5:45 އެހާކަންހާއިރު ފޮނަދޫ އަތިރިމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 61 އަހަރުގެ މީހަކާއި 45 އަހަރުގެ މީހަކަށް ކަމަށާއި އެ ދެމީހުންނަކީ ޖެހުނު ދެ ސައިކަލް ދުއްވި ދެ މީހުން ކަމަށެވެ.


އެކްސިޑެންޓްވީ ފޮނަދޫ ކުރިގަމު އަވަށު މުފީދު ކިޔާ މީހަކާއި މެދުއަވަށު މުހައްމައިދީ ކިޔާ މީހެއް ކަމަށެވެ. އެ ދެ މީހުންނަށް ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓްވި ދެމީހުންގެ ތެރެއިން މުފީދުގެ ބޮލުން ދެ ތަނެއް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވެ އެވެ. އެލްއޭ ނިއުސްއަށް ލިބިފައިވާ އެ އެކްސިޑެންޓުގެ ވީޑިއޯއިން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ވަރަށް ބައިވަރު ލޭ ހުއްޓެވެ. މިއަދު އެކްސިޑެންޓްގައި އަނިޔާވި ދެވަނަ މީހާއަށް ބޭރުފުށުން މާ ބޮޑު ގެއްލުމެއް ވެފައިވާކަން ފާހަގަ ނުކުރެވެ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެކްސިޑެންޓްވި ދެ މީހުންގެ ތެރެއިން އެކަކު އެމީހާގެ ދަނޑުން މަގު މައްޗަށް ނިކުތް ވަގުތު މައި މަގުން އައި މީހާއަށް ސައިކަލް ކޮންޓްރޯލް ނުވެ ދެސައިކަލް ޖެހިގެނެވެ. އެކްސިޑެންޓް ހިނގި ވަގުތަކީ ގަދަވަޔާއި އެކު ވަރުގަދަ ކޮޅިގަނޑެއްގެ ވައި އައިވަގުތު ކަމުން ދެމީހުންވެސް ސައިކަލް ދުއްވާފައިވަނީ ވަރަށް ބާރަށްކަމަށް ބެލެވޭކަމަށް ގިނަބަޔަކު ބުނެއެވެ.

އެ ދެ މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނައިރު އެކެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު ކަމަށާއި އެކެއްގެ ހާލު ވެސް ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް