ފަހުގެ ޚަބަރު


އިތުރަށް...

އަލީ އާޒިމާއި، ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ލިޔުނީ: Unknown - Thursday, October 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ އޮތުމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ގައިރު ހާޒިރުގައި ދެ މެމްބަރުންގެ ގޮނޑިގެއްލުނުކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ހަތަރު ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ.

ނ. ވެލިދޫ، އެލްޕާޝޯ މުހައްމަދު ހަލީމް ދެ މެމްބަރުންގެ މައްސަލަ ހުށަހަޅުއްވާފައިވަނީ ޅީ ސާބިތު ދަރަންޏެއް އޮވެ އެ ދަރަނީގެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެކަމަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1 ގައި ބަޔާންކޮށްފައި ވާތީ އާޒިމާއި ނާޝިޒުގެ ގޮނޑި ހުސްވެފައިވާކަން ކަނޑައަޅައިދިނުމަށް އެދި ކަމަށް ހަލީމް ބުންޏެވެ. އޭނާ މި މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުންނެވެ.

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 2010 ގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ މައްސަލަ، އާޒިމާއި ނާޝިޒަށް ރައްދުވާތީ މި ދެ ބޭފުޅުންގެ މެންބަރުކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ލޯނަން ގެރެންޓީ ދެއްވި ތިން ބޭފުޅުންގެ ތެރޭގައި އެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ސްޕްރީމް ކޯޓުން މި ހުކުމްކޮށްފައި ވީނަމަވެސް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވީ ގޮނިޑ ގެއްލިއްޖެކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއަށް ވަޑައިގަންނަވާކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް