ފަހުގެ ޚަބަރު


އިތުރަށް...

ޖުމްހޫރީ ޕާޓީން މަރުވެފައިވާކަމަށް ބުނި ފޮނަދޫ މީހަކު ދުނިޔޭގައި އެބަހުރި

ލިޔުނީ: Unknown - Tuesday, October 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުންގެ ތެރެއިން މަރުވެފައިވާ މީހުން ވޯޓް ލިސްޓްގައި ހިމަނާފައިވާކަމަށް ބުނެ ޖުމްހޫރީ ކޯލިޝަނުން ހުށައެޅި ނަންތަކުގައި ދިރިތިބި މީހުން މަރުވެފައިވާކަމަށްބުނެ އެ ޕާޓިގެ ބައެއް އެކްޓިވިސްޓުން ލައްވާ ހެކިބަސް ނަގާފައިވާކަން ހާމަވެއްޖެއެވެ.

އިތުބާރުހުރި ފަރާތަކުން އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ ލ. ފޮނަދޫ އަންހެނެއް މަރުވެފައިވާކަމަށްބުނެ ޖޭޕީގެ ދެ އެކްޓިވިސްޓަކު ހެކިބަސް ދީފައިވެއެވެ. އަދި ހެކިބަސްދިން ދެމީހުންނަށް ކަނޑައެޅިގެން އެ އަންހެންމީހާއަކީ ގަދަވެ ސަލާމަތުން ދިރިހުރި މީހެއްކަން އެނގޭނެކަމަށްވެސް ޤަބޫލުކުރެވެއެވެ. 

ފޮނަދޫ އަކީ ރަށުގައި ދިރިއުޅޭ މީހުން އެކަކު އަނެކަކަށް ނޭނގޭވަރުގެ ބޮޑު އާބާދީއެއް އޮންނަ ރަށެއް ނޫންކަން ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން ސައުވީސްގަޑިއިރު ހަމައިގައިތިބޭ ބައެއްނަމަ މަރުވެފައިވާ މީހުންނާއި ދިރިތިބީން ފޮނަދޫގެ އާބާދީން ވަކިކުރާން އެނގެންޖެހޭނެ ކަމަށް އެލްއޭ ނިއުސްއާއި މަޢުލޫމާތު ހިއްސާކުރި ފަރާތުން ބުނެއެވެ.

މަރުވެފައިވާ ބައެއް މީހުންގެ ނަމުގައި ވޯޓުލާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލް ކުރި އިރު  މަރުވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރި ބައެއް މީހުން ދުނިޔޭގެ އެބަތިބި ކަމަށާއި އެ މީހުން އެ ދުވަހު ވޯޓު ވެސް ލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމްގައިވެސް ވަނީ ވިދާޅުވެފަ އެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް