ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބުގެ ރީރެޖިސްޓްރޭޝަނަށް ހުށަހެޅި 350 ފޯމުގެ ޞައްޙަކަން ބަލައިފި

ލިޔުނީ: Unknown - Tuesday, October 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން އިނގިލީގެ ނިޝާން ޞައްޙަކަން ދެނެގަތުމަށް ހުށަހެޅި 350 ފޯމުގެ ޞައްޙަތޯ ބެލުމުގެ މަސައްކަތް ފުލުހުން ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްެރޭޝަނުން ފުލުހުންނަށް ހުށަހަޅައިގެން 350 ފޯމު ޞައްޙަކަން ދެނެގަތުމުގެ މަސައްކަތް ކޮށްފައިވަނީ ކަމުގެ ތަޖުރިބާކާރުންކަމަށް ފުލުހުން ބުނެއެވެ. މިފޯމުތަކުގެ ޞައްޙަކަން ދެނެގަތުމަށް ފުލުހުން 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަނީ ހޭދަކޮށްފައެވެ.

މިފޯމުތަކުގެ ޞައްޙަކަން ބެލުމަށްފަހު އެނަތީޖާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހު 9 ގައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ދެއްވާފައިވާ ކަމަށެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ފުވާދު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު އެބޭފުޅުން ވެސް ކޮމިޝަނަށް ކަންތައްތަކެއް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ހުރިހާ ކެންޑިޑޭޓުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ފުވާދު ވިދާޅުވީ ކެންޑިޑޭޓުން އެދިވަޑައިގެންފައިވާފަދައިން އިންތިޚާބުގެ ކަންތައް ކުރިއަށްގެންދާނީ ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

ހުރިހާ ގައިޑުލައިންތަކުގައި ހުރި ކަންތައް ފުރިހަމަކުރެވޭނީ ދައުލަތުގެ މުއައްސަސާތަކާއި ކެންޑިޑޭޓުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބިގެންކަމަށާއި އެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

މިހާރު އިއުލާންކޮށްފައިވާ ތާރީޚުގައި ފުރަތަމަ ބުރު ބޭއްވިދާނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަވާތީ އެކަމާ ގުޅޭގޮތުން ފުވާދު ވިދާޅުވީ އިންތިޚާބާ ގުޅޭގޮތުން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާގޮތަށް އިންތިޚާބު ބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް