ފަހުގެ ޚަބަރު


އިތުރަށް...

ސިފައިން އިތުރު ލިޔުމެއްގައި ސޮއި ކުރި މައްސަލައެއް ބަލަން ފަށައިފި

ލިޔުނީ: ޢަލީ ޔާސިރު - Tuesday, October 29, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެމްއެންޑީއެފްގެ 100 އެއްހާ އޮފިސަރުން އިތުރު ލިޔުމެއްގައި ސޮއިކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. ސިފައިންގެ ބަޔަކު ސޮއި ކޮށްފައިވާ ލިޔުމެއް ސޯޝަލްނެޓްވޯކް ތެރޭ ދައުރުވަމުން ދާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.

ސޮއިކޮށްފައިވާ ލިޔުން އަދި ސޮއި ކުރި ކަމަށް ބުނާ ސިފައިންގެ ނަންތަކާއި، ސޮޔާއި އެކުވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

ސިފައިން ސޮއިކޮށްފައިވާ ކަމަށް ބުނެ ލީކުކޮށްލާފައިވާ ލިޔުމުގައި ބުނެފައިވަނީ، މާތްﷲ ގަންދީ ކޮށްގެން ތިބި ހުވާގައި ދެމި ތިބުމައްޓަކާ ގާނޫނު އަސާސީ ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުގައި ބުނެފައިވާ އަސާސީ ކަންކަން އެނގޭ ކަމަށާއި އެކަންކަން އޭޖީ ނުވަތަ އެހެން ފަރާތްތަކުން މާނަކޮށްދޭން ނުޖެހޭ ކަމަށެވެ. އެހެންކަމުން ހުރިހާ ސިފައިން ވެސް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށް ވެސް ލިޔުމުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ސިފައިންގެ 17 އޮފިސަރަކު ލިޔުމެއްގައި ސޮއި ކުރި މައްސަލައެއް އެމްއެންޑީއެފުންވަނީ ބަލަން ފަށާފައެވެ. އެމައްސަލަ ބަލަން ފެށުމާއި އެކު އެ ލިޔުމުގައި ސޮއި ކުރި ކަމަށް ބެލެވޭ ބައެއް އޮފިސަރުންވަނީ ސަސްޕެންޑްކޮށް އެމީހުން ތިބި ބައެއް މަގާމުތަކުން ދުރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މިފަހަރު ލީކުވެފައިވާ ލިޔުމާއި ގުޅިގެން ވެސް ބައެއް އޮފިސަރުން ގެންގޮސް ސުވާލުކޮށް ބަޔާން ނަގާ ހަދާފައިވެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކާނަލް އަބުދުއްރަހީމް ވިދާޅުވީ އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ބަލަން އެމައްސަލައެއް. ތަހުގީގުގައި ބައެއް ކުދިން އެބަ ބުނޭ ތިމަންނަމެން ނުކުރަމޭ ވެސް. މިއީ ހަމަ ކުރިން ވެސް ސޮއިކޮށްގެން އުޅުނު ލިޔުންކަމަށް މައުލޫމާތު ލިބެނީ،" އަބުދުއްރަހީމް ވިދާޅުވިއެވެ. 

ސިފައިންނާ ގުޅޭ ޕެޓިޝަނެއް ސޯޝަލް މީޑިއާ ތެރޭ ފެތުރިފައިވާ އިރު، މިދިޔަ މަހުތެރޭ ވަނީ ރާއްޖޭގެ މަސްރަހު މިހާރު އޮތްގޮތާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ސިފައިންގެ ހަތަރު އޮފިސަރަކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ލިޔުމެއް ފޮނުއްވާފަ އެވެ. އަދި ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ސިފައިންގެ އޮފިސަރެއް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް