ފަހުގެ ޚަބަރު


އިތުރަށް...

ރިޔާޒްގެ ތެލުގެ ވިޔަފާރީގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި ކުރިއަށް ގެންގޮސްފި

ލިޔުނީ: ޢަލީ ޔާސިރު - Tuesday, October 29, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކްރެޑިޓަށް ތެޔޮ ނެގުމަށް ފަހު މެރީޑިއަމް ސާވިސް އިން އެސްޓީއޯއަށް ދައްކަންޖެހޭ 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފަށައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާރވިސްއިން ކްރެޑިޓަށް އެސްޓިއޯއިން ނަގާފައިވާ 19 މިލިއަން ރުފިޔާގެ މައްސަލައާއި ގުޅޭގޮތުން އެސްޓީއޯގައި ހުރި ލިޔެކިޔުންތައް މިރޭ 10:00 ގެ ކުރިން ފޮނުއްވައިދިނުމަށް މާލިއްޔަތު ކޮމެޓީން އަންގައިފިއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާ މެމްބަރު ރިޔާޒް ރަޝީދުގެ ވިޔަފާރި ކުންފުނި މެރީޑިއަމް ސާރވިސްއަށް ދީފައިވާ 19 މިލިއަން ރުފިޔާގެ ތެލުގެ ކްރެޑިޓް ފެސިލިޓީގެ ފައިސާ ދައްކައިފައިނުވާ މައްސަލައިގައި މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހަޅައިފައިވާތާ 2 އަހަރު ވެފައިވާކަމަށެވެ. އަދި މައްސަލައާއި ބެހޭ ބައެއް ލިޔެކިޔުންތައް ކުންފުނީގެ ތެރެއިން ގެއްލިފައިވާކަމަށާއި، ލިޔެކިޔުންތައް ގެއްލުމުގައި ކުންފުނީގެ މުވައްޒަފުންގެ އިހުމާލްވާކަމަށް ލަފާކުރެވޭތީ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

އެސްޓިއޯއިން ރިޔާޒް ރަޝީދުގެ މެރީޑިއަމްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ މެރީޑިއަމުން ކްރެޑިޓަށް ނަގާފައިވާ ތެލަށް ޖުމްލަ އަށާރަ މިލިއަން ނުވަ ލައްކަ ސާޅީސް ނުވަހާސް ހަތަރު ސަތޭކަ ހަތް ދިހަ ތިން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި ފައިސާ ދައްކަންޖެހޭ މުއްދަތުގައި މެރީޑިއަމުން ފައިސާ ދައްކަމުން ގޮސްފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި ވެސް 384،198ރ. (އެއްލައްކަ ނުވަދިހަ އަށްހާސް ތިންސަތޭކަ އައްޑިހަ ހަތަރު ރުފިޔާ) ދައްކަންޖެހޭ ކަމަށެވެ.

މިމައްސަލައިގައި އެއްފަހާރާ މެރީޑިއަމްގެ އަތުން ޖުމްލަ 33،671.20 19،3ރ. (ނަވާރަ މިލިއަން ތިންލައްކަ ތިރީސް ތިންހާސް ހަ ސަތޭކަ ހަތްދިހަ އެއް ރުފިޔާ) ހޯދުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް