ފަހުގެ ޚަބަރު


އިތުރަށް...

މަޖިލީހުން އެޓާރނީ ޖެނެރަލް އާޒިމާ މަޤާމުން ދުރުކޮށްފި

ލިޔުނީ: Unknown - Tuesday, October 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދައުލަތުގެ ބަންޑާރަ ނައިބު އައޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށް އޭނާ މަޤާމުން ދުރުކޮށްފިއެވެ.

އާޒިމާ ޝަކޫރުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އިތުބާރު ނެތް ކަމަށް ފާސްވީ މަޖިލީހުގެ ސާފު އަޢުލަބިއްޔަތުންނެވެ.
އާޒިމާގެ އިތުބާރު ނެތް ކަމަށް ފެންނަ ކަމަށް 41 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

އާޒިމާގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ ދައުލަތުގެ ބަންޑާރަނައިބް އާޒިމާ ޝަކޫރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކި ސިޔާސީ ޕާޓީއެއްގެ މަސްލަހަތުގައި ކަމަށެވެ.

އާޒިމާ މަޤާމްގެ ނާޖާއިޒް ފާއިދާ ބޭނުންކުރައްވައިގެން ވަކިކޮޅަކަށް ވެރިކަން ބައްޓަންކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތް ހިމާޔަތް ކުރުމަކީ ބަންޑާރަނައިބްގެ ޒިންމާއަކަށްވާއިރު، ދައުލަތުގެ މިނިވަން މުއައްސަސާއަކާއި ދެކޮޅަށް އާޒިމާ ޝަކޫރު މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އާޒިމާ ޝަކޫރަކީ އެ މަޤާމަށް ޤާބިލް ބޭފުޅަކަށް ނުވާތީވެ، އާޒިމާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގާ އޭނާގެ މަޤާމުން ދުރުކުރަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

ކުއްލި މައްސަލައަށް ދިފާއުގައި ވާހަކަދެއްކުވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާއިރު، މިއަދުގެ ޖަލްސާއަށް އާޒިމާ ވަޑައިގެންފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އާޒިމާ އަށް ދަންނަވައި އަދި މަޖިލީހަށް ވަޑައިގަތުމަށް ނުވަތަ ލިޔުމުން ޖަވާބުދާރީވާން ދެންނެވި ކަމަށެވެ.

އެކަމަކު މިއަދާއި ހަމައަށް ވެސް ޖަވާބު ފޮނުއްވާފައި ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާއަށްވެސް އާޒިމާ ޝަކޫރުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކުރުމަށް ނިންމާފައިވެއެވެ.

ނަމަވެސް އާޒިމާ އާލާސްކަންފުޅާ އުޅުއްވާތީ، އިއްޔެގެ ޖަލްސާއަށް ވަޑައިނުގެންނެވޭނެކަން އެންގެވުމުން އިތުބާރުނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާކަން އެކަމަނާއަށް އަންގާފައިވާނެކަން މަޖިލީހުގެ ރައީސްވަނީ ވިދާޅުވެފައެވެ.

ކެބިނެޓުގެ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) އިން ވަނީ ލިބިދީފައެވެ.

ޚަބަރު: ރާއްޖެ. އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް