ފަހުގެ ޚަބަރު


އިތުރަށް...

ގެއްލިގެން ހޯދަމުންދާ އިސްދޫ ކުޑަ ފިރިހެން ކުއްޖާ އަދިވެސް ނުފެންނަކަމަށް ފުލުހުން ބުނެފި

ލިޔުނީ: Unknown - Tuesday, October 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިސްދޫން ގެއްލުނު 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ހޯދަމުންދަނީ ލ.އިސްދޫ، ގުލްފާމުގެ، އިބްރާހީމް ޙަސީބުއެވެ.

ފުލުހުން ބުނީ ހަސީބު ހޯދަމުން ދަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 6:50 ހާއިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.

އިބްރާހީމް ޙަސީބު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކަމަށާއި ޙަސީބަކީ ފަން، ތުނި އިސްތަށިގަނޑެއް ހުންނަ ހަށިގަނޑުން ހިކިކޮށް އިސްކޮޅުން ދިގުކޮށް ހުންނަ ކުއްޖެއްކަމަށް ޢާއިލާއާއި ހަވާލާދީ ފުލުހުން ބުންޏެވެ.

އިބްރާހީމް ޙަސީބު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް