ފަހުގެ ޚަބަރު


އިތުރަށް...

އެކްސިޑެންޓްގައި ޒަހަމްވި މުފީދު މާލެ ގެންދިއުމުގައި މާލޭ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ލިޔުނީ: Unknown - Friday, October 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިއްޔެ ލ.ފޮނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި މީހަކު ހުޅުލެއަށް ގެންދިއުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއި އެކު މާލެ ގެންގޮސްދީފިއެވެ.

މިއަދު ހެނދުނު 60.50 ހާއިރު މާލެގެންގޮސްދީފައި ވަނީ ފޮނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮޑެތި ޒަޚަމްތަކެއްލިބުނު ލ.ފޮނަދޫ ޕެންޒީމާގޭ އުމުރުން 61 އަހަރުގެ މޫސާ މުފީދެވެ. ވައިގެ މަގުން މޫސާ މުފީދު ހުޅުލެއަށް ގެނެސްފައި ވަނީ އާއިލާގެ ފަރާތުން ކަމަށް މާލޭ އޭރިއާއިން މައުލޫމާތުދެއެވެ.

ކޯސްޓްގާޑް ހާބަރ ކުރާފްޓް ލޯންޗްގައި މި މީހާ މާލެ ގެންގޮސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މައުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް