ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބް 2013 - ލ. އަތޮޅުގެނަތިޖާ

ލިޔުނީ: Unknown - Sunday, November 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: , ,
މިމަހު 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބްގެ ވަގުތީ ނަތީޖާ މިރޭ އިޢުލާނުކޮށްފައިވާއިރު އެ ނަތީޖާއިން ލ. އަތޮޅުގެ މެޖޯރިޓީ ތާއިދު ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު އެވެ.

ލ. އަތޮޅުގެ ނަތީޖާއަށް ބަލައިލާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވަނީ 39.28 އިންސައްތަ ހޯއްދަވާފަ އެވެ. އެއީ އަތޮޅުގައިތިބި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ 10505 މީހުންގެ ތެރެއިން 3706 މީހުންގެ ވޯޓެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން އަށް ލިބިލައްވާފައިވަނީ 3599 ވޯޓެވެ. އެއީ އިންސައްތައިން ބަލާނަމަ 38.15 އިންސައްތައެވެ.

ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ލިބިލެއްވީ 2130 ވޯޓެވެ. އެއީ 22.58 އިންސައްތަ އެވެ.

ރިޔާސީ އިންތިޚާބްގެ ބާޠިލްކުރެވުނު ބުރުގެ ނަތީޖާއާއި 9 ނޮވެމްބަރ ގަ ބޭއްވި އިންތިޚާބްގެ ނަތީޖާ
ލ. އަތޮޅުގައި ބެހެއްޓީ 21 ވޯޓް ފޮށްޓެވެ. ވޯޓްލުމަށް ރެޖިސްޓްރީގައި ހިމެނިފައިވާ 10505 މީހުންގެ ތެރެއިން ވޯޓް ލައިފައި ވަނީ 9543 މީހުންގެ ވޯޓެވެ.

ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރާއި އަދި ބާޠިލް ކުރެވުނު ބުރުގެ ލ. އަތޮޅުގެ ވަކިވަކި ނަތީޖާ ޝީޓްތައް ތިރީގައި އެވަނީއެވެ.






















ސޭވްކޮށްފައިވާ ކެޓަގަރީ: , ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް