ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބް 2013 ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިޢުލާނުކޮށްފި

ލިޔުނީ: Unknown - Saturday, November 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
02:59: ރަސްމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި.
 
ޖުމްހޫރީ ޕާޓީގެ ކައުން ސިލް މެމްބަރ އަދި ކުރީގެ ޓްރާންސް ޕޯޓު މިނިސްޓަރ ޑރ. އަހުމަދު ޝަމްހީދު ދެވަނަ ބުރުގައި ރައީސް ނަޝީދަށް
ތާއިދު ކުރައްވަން ނިންމަވައިފި އެވެ.

ޝަމްހީދު ރައީސް ނަޝީދަށް ތާއީދު ކުރައްވަން ނިންމެވިކަން ކަށަވަރު ކޮށްދިނުމަށް ރޭ 08:04 ގައި ޝަމްހީދު ވަނީ ޓުވީޓެއް ވެސް ކުރައްވާފަ އެވެ.

02:40: ސްޕްރީމްކޯޓްން މިރޭ ނިންމާ ގޮތަކުން މާދަމާ އިންތިޚާބް ބޭއްވުމާއި ނުބޭއްވުން ނިންމޭނެ ކަމަށް ބެލެވޭ - ޓީވީއެމް ރިޕޯޓަރ

ނޮވެމްބަރު 11 ގައި ރައީސަކު އިންތިޚާބު ނުކުރެވުނު ނަމަވެސް ސަރުކާރު ދެމި އޮންނާނެ ކަމަށާއި، މަޖިލީހުގެ ރައީސާއި ވެރިކަން ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަށް އަމަލު ކުރަން ނުޖެހޭނެކަމަށް އިއްޔެ ހަވީރު ވަނީ ސުޕްރީމް ކޯޓުން ހުކްމްކޮށްފަ

02:38
ޖޭޕީ ކޮލިޝަން އުފެއްދި ސަބަބު ނެތި ހިނގައްޖެކަމަށް ހަލީލު ވިދާޅުވެއްޖެ.
 
02:38
މާދަމާ ވަކިވަކި ޕާޓީތަކުން މަޝްވަރާކުރުމަށް ފަހު މާދަމާ ގޮތެއް ނިންމާނެކަމަށް ބެލެވޭ.

02:37: ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ގާސިމުގެ އެއްބާރުލުން ބޭނުންވާކަމަށް މަހުލޫފު ވިދާޅުވި.
 
02:34: ޖުމްހޫރީ ކޯލިޝަނުން ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ޔާމިން ވަޑައިގެން ބައްދަލުކުރެއްވީ. އަޅުގަނޑުމެންނަށް އެބޭފުޅުން ހުށައެޅުއްވީ ތާއިދުކޮށްދިނުމަށް. މިހާރު ކޯލިޝަނެއް ނޯންނާނެ. ކޮންމެ ޕާޓީއަކުންވެސް އެބައަކު ނިންމާނެގޮތެއް އެބަޔަކަށް އެނގޭނީ. އެއްވެސް ބައެއް ވަކިގޮތެއް ނުނިންމާ - ޚަލީލް

02:32: ނިއުސް ކޮންފަރެންސް ނިންމާލައިފި

02:31: ފުއާދު ވިދާޅުވީ ގަޑިއެއްހާއިރު ތެރޭގައި ރަސްމީ ނަތީޖާ އިއުލާނުކުރެވޭނެކަމަށް. މިހާރު ރަސްމީ ނަތީޖާ ތައްޔާރުކުރަމުންދާކަމަށާއި އެހެންކަމުން ޗެކްކުރުމަށް ފަހު ރަސްމީ ނަތީޖާ އިއުލާނުކުރާނެކަމަށް ފުއާދު ވިދާޅުވި.

02:30 ޑިމޮކްރެޓިކް ނިޒާމެއްގައި އިންތިޚާބީ ވެރިއަކު ހުރުމަކީ މަޖުބޫރުކަމެއް - ފުއާދު 

02:29: ގަޑިއެއްހައި އިރު ތެރޭގައި ދާއިމީ ނަތީޖާ އިޢުލާނު ކުރެވޭނެ- ފުއާދު
މާދަމާ ނުބޭއްވިއްޖެ ނަމަ ދެން ބޭއްވޭނެ ދުވަހެއް ނޭނގޭކަމަށާއި ނަމަވެސް ވޯޓްލުމުގެ ހައްގު ވީހާވެސް ގިނަ ރައްޔިތުންނަށް ލިބޭނެގޮތަކަށް އިންތިހާބު ބާއްވަން ބޭނުންވާކަމަށް ވެސް މަނިކު ވިދާޅުވެއްޖެ.
 
02:27
ރީރަޖިސްޓްރީކުރުމަށް 1100 އަށް ވުރެ ގިނަ ފޯމް ހުށަހެޅި ކަމަށާއި އެފޯމްތައް ވަރަށް ގިނަ ދިމަދިމާލަށް ބެހިގެންދާކަމަށް މަނިކު ވިދާޅުވެއްޖެ.
 
02:26
ބޭރުގެ ހުރިހާ ގައުމަކަށް ފޮނުވި ލިސްޓްތަކުގައި ސޮއިކޮށްފައިވާކަމަށާއި ދެވަނަ ބުރަށް ދާނީ ޔާމީނާއި ރައީސް ނަޝީދު ކަމަށާއި ނަޝީދުގެ ފަރާތްޕުޅުން ސޮއިކުރައްވާފައިވާ ކަމަށް ފުއާދު ވިދާޅުވި.

02:24: މާދަމާ އިންތިހާބު ނުބޭއްވި ނަމަ ފޮނުވާފައިވާ މީހުން ގެންނަންޖެހޭނެ. އެހެންކަމުން ދެވަނަ ފަހަރަށް މީހުން ފޮނުވަންޖެހޭނެ. ލަފާކުރާގޮތުގައި 25 މިލިއަން ރުފިޔާ ހަރަދުވާނެ.

02:14: ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުން ފަސްކުރުމަށް ރިޔާސީ ކެންޑިޑޭޓުން ވަކާލާތުކުރެއްވުމަކީ ބަލައިގަނެވޭނެކަމަށް ނޫންކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރެލްގެ ޚާއްސަ މަންދޫބު ސަރ. ޑޮން މެކިނަން ވިދާޅުވެއްޖެއެވެ.

02:12
އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މާދަމާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށްކަމަށް އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ފުއާދު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ އިލެކްޝަން ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިންތިހާބުގެ ވޯޓު ކަރުދާސްތަކާ އިންތިހާބާ ގުޅުންހުރި ލިޔެކިޔުންތައް މާދަމާ މެންދުރު ކުރިން ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމަށްފަހު މެންދުރު 12 ޖަހާއިރު ވޯޓުލާން ފެށޭނެކަމަށް ޤަބޫލުކުރެވޭކަމަށް ފުއާދު ވިދާޅުވެއެވެ.

ބޭރު ގައުމުތަކަށް ދެވަނަ ބުރުގެ ވޯޓް ކަރުދާސް ވެސް ފޮނުވާފައިވާ ކަމަށްވެސް އިލެކްޝަނުން ހާމަކުރެއެވެ.

02:11: ރަސްމީ ނަތީޖާ މިރޭގެ ވަގުތެއްގައި އިޢުލާނު ކުރާނެ. މާދަމާ އިލެކްޝަންގެ ދެވަނަބުރު އަދި އޮތީ ބާއްވާގޮތަށް.

02:10: ވަގުތީ ނަތީޖާ:- މުޙައްމަދު ނަޝީދު އަށް ލިބިލެއްވި ޖުމުލަ ވޯޓް: 96747 ވޯޓް. މިއީ 46.93 އިންސައްތަ
ޢަބްދުﷲ ޔާމީން އަށް ލިބިލެއްވި ޖުމުލަ ވޯޓް: 61295 ވޯޓް. މިއީ 29.73 އިންސައްތަ.
ޤާސިމް އިބްރާހިމަށް ލިބިލެއްވި ޖުމުލަ ވޯޓް: 48131 ވޯޓް. މިއީ 23.34 އިންސައްތަ.

02:09: އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ގޮސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވާދަކުރަން ޖެހޭނެކަން ކަށަވަރުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވަގުތީ ނަތީޖާ އިޢުލާނު ކުރައްވާފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް