ފަހުގެ ޚަބަރު


އިތުރަށް...

ޚާއްޞަ ކަވަރޭޖް: ރިޔާސީ އިންތިޚާބް 2013

ލިޔުނީ: ޢަލީ ޔާސިރު - Saturday, November 9, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
12:03:  ފޮނަދޫ މަންމަނު (އަޙްމަދު މުޙައްމަދު) ގެ އައިޑީކާޑު ހަލާކުކޮށްލާފައި އޮތްނަމަވެސް އޭނާއަށް ވޯޓްލެވުނު ކަމަށް ފޮނަދޫ ކުރިގަމު އަވަށުގައި ހުންނަ ފޮށިކައިރީގައި ހުރި މީހަކު މަޢުލޫމާތު ދޭ.

10:30: ލ. ފޮނަދޫ ބޮޑުރުއްދޮށުގޭ އަޙްމަދު މުޙައްމަދު (ފޮނަދޫ މަންމަނު) ވޯޓް ލުމަށް ހުރަސްއެޅުމަށްޓަކައި ކޮންމެވެސް މީހަކު ނުވަތަ ބަޔަކު، އޭނާގެ އައިޑީކާޑް ވަގަށްނަގައި ޑަންލޮޕްލައިގެން ފިލާގަނޑެެއްގައި ތަތްކޮށްފައިވަނިކޮށް މިއަދު މަންމަނަށް ފެނިގެން އެވާހަކަ ބައެއް މީހުންނާއި ހިއްސާކޮށްފި. ކާޑު ނައްޓާލިއިރު ކާޑު އޮތީ ދެބުރިވެފައި
ލ. ފޮނަދޫ މަންމަނު (އަޙްމަދު މުޙައްމަދު) ވޯޓްލުމަށް ހުރަސްއެޅުމަށް އޭނާގެ އައިޑީކާޑު ޑަންލޮޕްލާފަ ފިލާގަނޑެއްގައި ތަތްކޮށްފަ

08:11: ކުނަހަންދޫގައި ވޯޓްލުން ކުރިޔަށް
ކުނަހަންދޫ ވޯޓްލާ މަރުކަޒުގައި ވޯޓްލުމަށް މީހަކު - ފޮޓޯ: މެސީ ބްލޫ

ކުނަހަންދޫ ވޯޓްލާ މަރުކަޒު ކައިރީގައި ކިއު ހަދާފައި - ފޮޓޯ: މެސީ ބްލޫ

 07:36: ލ. އަތޮޅުގެ ހުރިހައި ރަށެއްގައި ވޯޓްލުން ކުރިއަށް އެބަދޭ.
ލ. ފޮނަދޫ މެދު އަވަށު ވޯޓްލާ ސަރަހައްދު

ލ. ފޮނަދޫ ކުރިގަމު އަވަށު ވޯޓްލާ ސަރަހައްދު

ލ. ފޮނަދޫ ކުރިގަމު އަވަށު ވޯޓްލާ ސަރަހައްދު


07:24: އިންޑިޔާގެ ޓްރެވެންޑްރަމްގައި ވޯޓްލުން ފެށިގެން ކުރިއަށް އެބަދޭ
ޓްރިވެންޑްރަމްގެ ވޯޓްލާ މަރުކަޒު ކައިރީގައި ކިއު ހަދާފައި

06:56: ވޯޓްލާން ފަށަން 4 މިނެޓަށްވެެއްޖެ. މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފަށާ ގަޑި އަކީ ހެނދުނު 7:00 އަދި ވޯޓުލުން ނިމޭނީ 03:30 ގައެވެ.
06:15: ވޯޓް ލުމަށްޓަކައި ގަމުގައި ހުންނަ ހަމަދު ސްކޫލް ކައިރީގައި ވަރަށް ދިގުކޮށް ކިއު ހަދައިފި
ހަމަދު ސްކޫލް ކައިރީގައި ވޯޓްލުމަށް ކިއު ހަދާފައި - ފޮޓޯ: ފޭސްބްކް
ހަމަދު ސްކޫލްގައި ހުންނަ ވޯޓްލާ މަރުކަޒަށް ވޯޓް ކަރުދާހާއި ވޯޓް ފޮށި ވައްދަނީ

ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް