ފަހުގެ ޚަބަރު


އިތުރަށް...

ދެވަނަ ބުރަށް ލިސްޓުތަކުގައި ސޮއިކުރުމަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ދެކޮޅު ހަދައިފި

ލިޔުނީ: Unknown - Saturday, November 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މާދަމާ ދެވަނަ ބުރު ބޭއްވުމަށް ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއި ކުރުމަށް ޕީޕީއެމާއި، ޖުމްހޫރީ ޕާޓީން ދެކޮޅު ހަދައިފި އެވެ.

“މިހާރު މިއޮތީ ވަރަށް ބޮޓު އިހުތިޔާރެއް ކެނޑިޑޭޓުންނަށް ލިބިފަ އިންތިހާބު ހުއްޓުވުމުގެ. ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކެނޑިޑޭޓެއް ސޮއި ނުކުރި ނަމަވެސް، އިންތިހާބު ހުއްޓޭނެ،” ދެވަނަ ބުރުގެ ވޯޓުލުމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަނަރ ފުއާދު ތައުފީގު ވިދާޅުވި އެވެ.

ކެނޑިޑޭޓުން ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކޮށްގެން ނޫނީ، އިންތިހާބު ނުބޭއްވޭގޮތަށް ގައިޑްލައިންތަކެއް ކަނޑައެޅުމަކީ އެއްވެސް، ގައުމެއްގައި ކަން ކުރާ ގޮތެއް ނޫންކަމަށް ފުއާދު ވިދާޅުވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ދެވަނަ ބުރަށް ހުރަސްތަކެއް ހުރި ކަން ވެސް ފުއާދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގައި އޮންނަ ހުކުމާ އެއްގޮތަށް ލިސްޓުގައި ހުރިހާ ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރާގޮތަށް އޮތުމަކީ ދިމާވެފައިވާ ދައްޗެއް ކަމަށް ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ، ދެވަނަ ބުރުގެ ލިސްޓުގައި ޖުމްހޫރީ ޕާޓީގެ ލިސްޓުގައި ސޮއިކުރަން ބޭނުން ނުވާކަމަށެވެ. ނަމަވެސް ލިސްޓުގައި ސޮއިނުކުރި ނަމަވެސް، އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ފޮނުވާނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވާކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ޕީޕީއެމުން ނ އަތޮޅުގެ ބައެއް ލިސްޓުތަކާއި، ރާއްޖޭން ބޭރުގެ ލިސްޓުތަކުގައި ސޮއިކުރުމަށްފަހު ޕީޕީއެމުން ވެސް ވޯޓު ލިސްޓުގައި ސޮއިކުރުން ހުއްޓާލާފައިވާކަމަށް ފުއާދު ވިދާޅުވި އެވެ. އެ ދެ ޕާޓީން ލިސްޓުތަކުގައި ސޮއިކުރުމަށް ދެކޮޅުހެދި ނަމަވެސް، އެމްޑީޕީން ހުރިހާ ލިސްޓެއްގައި ސޮއިކޮށް ނިންމާފައިވާކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރު ނުބޭއްވިދާނެކަމުގެ ބިރު އޮތުމުން އެކަން ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ސަމާލުކަމަށް އެ މައްސަލަގެނައި ނަމަވެސް، އެކަމަށް އަދި ފަރުވާލެއް ލިބިފައިނުވާކަމަށެވެ.

“އަޅުގަނޑުމެން މިއަދު ހެނދުނު 7:00 ގައި މިވަނީ، މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުލާން ފަށައިގަނެވިފައި. ބައެއް ވޯޓު ފޮށިތަކުގައި ލަސްވި ނަމަވެސް، ހުރިހާ ފޮއްޓެއްގައި ވޯޓުލެވެމުން އެބަދޭ،” މީހާރު ދަރުބާރު ގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ފުއާދު ވިދާޅުވި އެވެ. އަދި ރާއްޖޭން ބޭރުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގައިވެސް ރަނގަޅަށް ވޯޓުލުން ކުރިއަށްދާކަމަށް ފުއާދު ވިދާޅުވި އެވެ.

އެ ކޮމިޝަނުގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ، ވޯޓުލުމުގައި، ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެ ގޮތުން ލިސްޓުގައި އޮންނަ ނަމާއި، އެޑުރެހާއި ދިމާނުވާ މައްސަލަ ކުރިމަތިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިމްލާ ކުއްތަށް ހުރި ނަމަވެސް، ވޯޓު ލުމުގެ ހައްގު ދިނުމަށް އަންގައި، އިލެކްޝަންސް ކޮމިޝަނުން، ވޯޓުލާ މަރުކަޒުތަކަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިމަނިކު ވެސް ވިދާޅުވީ، ލިސްޓުތަކުގައި ސޮއިކުރުމަށް ދެ ޕާޓީން ދެކޮޅު ހަދާތީ ‘ މާދަމާ އިންތިހާބުގެ ދެވަނަ ބުރު’ ބޭއްވިދާނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށެވެ.

“ކުރިން އެއްބަސްވެފަ އޮތީ ބަދަލު އަންނަ ލިސްޓުތަކުގައި ސޮއިކުރުމަށް. އެހެން ނަމަވެސް އެ ބޭފުޅުން، އެދުމުގެ މަތިން ހުރިހާ ލިސްޓެއްގައި ސޮއިކުރާގޮތަށް ނިންމާފައި އޮތީ. ހާއްސަކޮށް ޕީޕީއެމްގެ އެދުމަށް ސޮއިކުރަން ނިންމީ،” އަލިމަނިކު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް