ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ އެއަރޕޯޓް ހިންގަން އައިލެންޑް އޭވިއޭޝަނާއި ޙަވާލުކޮށްފި

ލިޔުނީ: Unknown - Friday, November 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫ އެއަރޕޯޓް ހިންގަން ހަވާލުކުރި އައިއޭއެސްގެ ބޯޓަކަށް ތެޔޮއެޅުމަށް ތައްޔާރުވެފައި -ފޮޓޯ: ކޭއޭސީއެލް އެފްބީ ގްރޫޕް
ލ. ކައްދޫ އެއަރޕޯޓް ހިންގުން އައިލެންޑްއޭވިޝަނާއި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ރޭ ސޮއިކޮށްފިއެވެ. މީގެ އިތުރުން ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރ އާއި ހަވާލުކޮށް އިތުރު ދެ ފަރާތަކާ އެކު އެއާޕޯޓްތަކުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފި އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އައިލެންޑް އޭވިއޭޝަނަށް ކައްދޫ އެއާޕޯޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރޭގައި ކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިހަފްތާ ކުރީކޮޅުގައި ކަމަށެވެ.

އެ ދެ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާއި ވިލާ އެއާއާ ހަވާލުކުރުމަށް މި އަހަރުގެ ކުރީކޮޅު އެ ކުންފުނިތަކަށް އެވޯޑް ލެޓާ ހަވާލުކޮށްފައިވެ އެވެ.

ނ. މާފަރާއި ދ. ކުޑަހުވަދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ވެސް ރޭ ވަނީ ސޮއިކޮށްފަ އެވެ. މާފަރު އެއާޕޯޓް ހަދައި އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓާ އެކު އެވެ. އެއާޕޯޓްގެ ސަބްސިޑީގެ ގޮތުގައި އެ ކުންފުންޏަށް ރިސޯޓް ހަދަން ދީފައި ވަނީ ނ. ކުންމަލަ އާއި ރ. އުފުލަންދޫ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުޑަހުވަދޫ އެއާޕޯޓް ހަވާލުކުރީ ރިއޯލް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏަށް ރިސޯޓް ހަދަން ދީފައި ވަނީ ދ. ހިރިޔާފުށި އަދި އެ އަތޮޅު ކަނޑިންމަ އެވެ.

އޮފިޝަލް ގޮތުގައި މާފަރާއި ކުޑަހުވަދޫ އެއާޕޯޓަށް ހުށަހެޅި ބީލަންތައް އިވެލުއޭޓްކޮށް އެ ދެ ކުންފުނި ހޮވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ އެއާޕޯޓްތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރަށް ޝެޑިއުލްކޮށް މީޑިއާތަކަށް ދައުވަތު ދިން ނަމަވެސް އެ ރަސްމިއްޔާތު ފަހުން ކެންސަލްކުރީ އެވެ.

ށ. ފުނަދޫ އެއާޕޯޓް ތަރައްގީކުރަން މި އަހަރުގެ ތެރޭގައި ވަނީ އެންވަޔަރުމަންޓް މިނިސްޓަރު މަރިޔަމް ޝަކީލާގެ ސިމްޑީ ކުންފުނީގެ ހިއްސާ އޮންނަ އަރާމް ޓްރެވަލްސްއާ އެވެ. އަދި އިފުރުގައި އެއާޕޯޓެއް ހަދަން މި އަހަރުގެ ޖޫން މަހު ހަވާލުކުރީ އެގްރޯ މެރިން ޕްރައިވެޓް ލިމިޓެޑާ އެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް