ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅުގެ ރަށްރަށަށްވެސް ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި ބަހަމުން ދަނީ - ޕޮލިސް

ލިޔުނީ: Unknown - Friday, November 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ވޯޓު ކަރުދާސްތަކާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތައް ހިފައިގެން އުޅަނދެއް ފުރަން ތައްޔާރުވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް އަތޮޅު ތެރޭގައި ރަށްރަށް ގެންދިއުމުގެ މަސައްކަތް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވަރަށް ފޯރިއާއިއެކު ކުރަމުން އެބަގެންދެއެވެ. 

މިގޮތުން ލ. އަތޮޅުގެ ރަށްރަށަށާއި ތ. އަތޮޅާއި މ. އަތޮޅުގެ ރަށްރަށަށްވެސް ދަނީ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި ބަހަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ހއ. ހދ. ށ. ނ. ރ. އަތޮޅާއި ބ. އަތޮޅުގެ ގިނަ ރަށްރަށަށް ވަނީ ވޯޓު ކަރުދާހާއި ވޯޓާއި ގުޅެ އެހެނިހެން ސާމާނު ވަނީ ގެންގޮސްފައެވެ. 

 މީގެ އިތުރުން މެންދުރުފަހު އެހެން އަތޮޅުތަކުގައިވެސް ރަށްރަށަށް ވޯޓުކަރުދާހާއި ވޯޓާއި ގުޅޭ ތަކެތި ގެންދިއުމުގެ މަސައްކަތް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ޙަރަކާތްތެރިވާނެއެވެ.

ރިޔާސީ އިންތިޚާބުގައި ނިއުދިއްލީގައި ހުންނަ ވޯޓު ފޮށްޓަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެއްޗާއެކު މިއަދުގެ ހެނދުނު 09:05 ގައި ފުލުހުންގެ ސެކިއުރިޓީ އޮފިސަރަކު ވަނީ ފުރާފައެވެ. އަދި މެންދުރުފަހު 14:20 ގައި ޓްރިވެންޑްރަމަށް ވޯޓުކަރުދާހާއި ވޯޓާގުޅޭ ތަކެތި ހިފައިގެން ފުލުހުންގެ ސެކިއުރިޓީ އޮފިސަރުން ފުރާނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް