ފަހުގެ ޚަބަރު


އިތުރަށް...

ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ގައުމީ ޓީމުގެ ޑޮކްޓަރު އައިސީޔޫގައި

ލިޔުނީ: Unknown - Friday, November 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެފްއޭއެމްގެ ސްޕޯޓްސް ފިޒީޝަން އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރ އަހުމަދު ޝަކީބުގެ ހާލުބޮޑުވެގެން އިއްޔެ ހެނދުނު ކުރި ހަތަރު ގަޑި އިރުގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، ޝަކީބު މި ވަގުތު އޮތީ އައިސީޔޫގައި ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ޝަކީބުގެ ދޮށީ ދަރިފުޅު މުހައްމަދު ނަޝްޔާން ޝަކީބު މިއަދު ބުނީ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި މިވަގުތު ހާލު ވެސް ރަނގަޅު ކަމަށެވެ. ޝަކީބްގެ ހާލު ރަނގަޅު ނަމަވެސް އައިސީޔޫގައި ދެ ދުވަސްވަންދެން ބާއްވަން ޖެހޭ ކަމަށް ނަޝްޔާން ބުންޏެވެ.

ޝަކީބުގެ އާއިލާއިން ބުނީ އެންމެ ފަހު ވަގުތާއި ހަމަޔަށް ވެސް ޝަކީބު އޮތީ ވަރަށް ނާޒުކު ފަށްތަރެއްގައި ކަމަށާއި ނަމަވެސް އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ މިހާރު މަޑު މަޑުން ވާހަކަ ދައްކާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ކުއްލިގޮތަކަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސްރީލަންކާއަށް ޝަކީބު ގެންދިޔައީ އަވަސް ފަރުވާ ނުދެވިއްޖެނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުންނެވެ. ޝަކީބުގެ ހިތުގެ މައި ނާރު ބްލޮކްވެގެން އޮޕަރޭޝަން ކުރަން ޖެހުނީ ހިތުގެ ވާތްފަރާތު ވޭލެއްގެ 99 ޕަސެންޓް ބެދިފައިވުމުން ނެވެ.

ކުޅިވަރުގެ ދާއިރާގެ ގިނަ ބަޔައެއްގެ ލޯބި ހޯދާފައިވާ ޝަކީބުއަށް ގޮވާލުމަށް ކުޅިވަރުގެ ދާއިރާގެ ގިނަ ފަރާތްތަކުންދަނީ ލަންކާއަށް ޒިޔާރަތް ކުރަމުންނެވެ.

ބެލްޖިއަމުގައި ސްޕޯޓްސް މެޑިސިންގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކޮށް، އަދި ފީފާ އާއި އޭއެފްސީގެ އެތައް ކޯސްތަކެއްގައި ބައިވެރިވެފައިވާ ޝަކީބަކީ ފާއިތުވެދިޔަ 16 އަހަރު ގައުމީ ޓީމުގެ ހިދުމަތުގައި ހުރި މީހެކެވެ. އަދި ރާއްޖޭގައި ހުރި ހަމައެކަނި ސްޕޯޓްސް ފިޒީޝަނަކީ ވެސް ޝަކީބެވެ. 

ޚަބަރު: ރާއްޖެ.އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް