ފަހުގެ ޚަބަރު


އިތުރަށް...

ޗުއްޓީ ދަތުރުފުޅަށްފަހު ރައީސް ވަހީދު މާލެ ވަޑައިގެންފި

ލިޔުނީ: Unknown - Friday, November 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެއް ހަފުތާގެ ޗުއްޓީއެއް ނެންގެވުމަށްފަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސައިން ރޭ މާލެ ވަޑައިގެންފިއެވެ. 

ރައީސް ވަހީދުގެ ދެމަފިރިކަނބަލުން ސިންގަޕޫރަށް ކުރެއްވި މިދަތުރުފުޅަކީ ބޭސްފަރުވާއަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަށް ހޮންކޮންގަށްވެސް ވަޑައިގެންނެވިއެވެ.

ރައީސް ވަހީދުވަނީ ސިންގަޕޫރަށް ވަޑައިގެންނެވުމައްޓަކާ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޗުއްޓީ ވެސް ނަންގަވާފައެވެ.

ރައީސް ވަހީދު ރޭ މާލެ ވަޑައިގެންނެވި އިރު، ނޮވެމްބަރު 11 ގައި އާ ރައީސަކު އިންތިހާބު ނުކުރެވިދާނެތީ މަގާމުގައި ދެމިހުންނެވުމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންދަނީ ގޮވާލަމުންނެވެ. ނަމަވެސް ރައީސް ވަހީދުވަނީ ނޮވެމްބަރު 11 ގެ ފަހުން މަގާމުގައި ދެމި ހުންނެވުމަށް ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

މަސްދަރު: ސީއެންއެމް
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް