ފަހުގެ ޚަބަރު


އިތުރަށް...

ޝަހީމު ވިދާޅުވިޔަސް ރައީސް ނަޝީދުގެ ވެރިކަމުގައި ބިނާކުރެއްވި މިސްކިތްތަކާއިބެހޭ މައުލޫމާތުން ތެދުދޮގު ހާމަވޭ

ލިޔުނީ: ޢަލީ ޔާސިރު - Wednesday, November 13, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: , ,
ރައީސް ނަޝީދުގެ ވެރިކަމުގައި ސާޅީސް އެތަށް މިސްކިތެއް ބިނާކުރެއްވި ކަމަށް އެމަނިކުފާނު ރޭ ޓީވީއެމް ގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވުމުން އެއީ ނަޝީދު ހައްދަވާ އިތުރުފުޅެއްކަމަށް ބަޣީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޝަހީމު ވިދާޅުވިޔަސް މެންދުރުގެ އިރުފަދައިން ޙަޤީޤަތް ފެންނާން އެބައޮތެވެ. 

 ޝަހީމުގެ އިތުރުން އިސްލާމްދީނަށް ނަސްރުދިނުމަށްކަމަށްބުނެ ހިންގާ ސިޔާސީ ވެބްސައިޓެއް ކަމަށްވާ "ދިއިސްލާމް" ވެބްސައިޓުން އެމަނިކުފާނުގެ އެބަހަށް ހަޖޫޖަހާ ކުއްލި ޚަބަރުނެރުނެވެ. 

ނަމަވެސް ޙަޤީޤަތަކީ ރައީސް ނަޝީދު ވިދާޅުވިފަދައިން އެމަނިކުފާނުގެ ޒައާމަތުގައި ސާޅީސްއެތަށް މިސްކިތެއް ބިނާކުރެވި އަދި ޓެންޑަރ މަރުހަލާގައި 13 މިސްކިތެއް އޮއްވާ ބަޣާވާތަކުން ވެރިކަން ފުރޮޅާލިއެވެ. އޭގެ ފަހުން ޓެންޑަރ މަރުހަލާގައިވާ މިސްކިތްތަކުގެ ޓެންޑަރތަށް ބަޣާވާތުގެ ސަރުކާރުން ކެންސަލް ކުރިއެވެ. އެ 13 މިސްކިތުގެ ތެރޭގައި ލ. އަތޮޅުގައި ބިނާކުރުމަށް ނިންމަވާފައިވާ ބައެއް މިސްކިތްތައްވެސް ހިމެނެއެވެ. 

އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ސަރުކާރުން އިމާރާތްކޮށްފައިވާ މިސްކިތްތަކާއި އަދި އިމާރާތް ކުރުމަށް ޓެންޑަރާއި ހަމައަށް ގޮސްފައިވާ މިސްކިތްތަކުގެ މަޢުލޫމާތު ހިމެނޭ ލިޔުމެއް އެލްއޭ ނިއުސްއަށް ވަނީ ލިބިފައެވެ.

އެ ލިޔުން މިތަނުން ޑައުންލޯޑް ކޮށްލެވޭނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: , ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް