ފަހުގެ ޚަބަރު


އިތުރަށް...

ސީމެގުން ރާއްޖެއާމެދު މިއަދު ފިޔަވަޅުއަޅަނީ

ލިޔުނީ: ޢަލީ ޔާސިރު - Wednesday, November 13, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިޔާސީ ދައުރު ހަމަވެފައިވީ ނަމަވެސް އާ ރައީސަކު އިންތިޚާބު ކުރެވިފައި ނުވާތީ އެކަމާ ގުޅޭ ގޮތުން "އެކަށޭނަ ނިންމުމެއް" ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން މިއަދު ނިންމާނެ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ ވިދާޅުވީ ރާއްޖެ ގާނޫނީ ހުސްކަމަކަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ސީމެގްގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މި ބާބު ފަހަނައަޅައި އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް،" ޝަރްމާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޑރ. ވަހީދާއި، ސިފައިން އަދި ފުލުހުން ގުޅިގެން ހިނގި ކަންތައްތަކުގެ ސަބަބުން ވެސް ދިވެހިރާއްޖެ ސީމެގް ގެ އެޖެންޑާގައި ރާއްޖެ 2012 ވަނަ އަހަރުގެ ފަހުކޮޅުގައި ހިމަނާފައިވެ އެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު، ރިޔާސީ ދައުރު ހަމަވުމުން ވެރިކަމުގައި ނުހުންނަވާނެކަމުގެ ޔަގީންކަން ދިވެހި މީޑިއާތަކާއި، ދުނިޔޭގެ މީޑިއާތަކުގެ ކުރިމަތީގައި ދެއްވުމަށްފަހު، އެންމެފަހުން ވަހީދު ވަނީ، އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެ، ސިފައިންގެ ހައްޔަރުގައި އާރަށް ވަޑައިގެންފަ އެވެ.

ނަމަވެސް ނޮވެމްބަރު 11، 2008 ގައި ފެށި ފަސް އަހަރުގެ ރިޔާސީ ދައުރު އާދިއްތަދުވަހުގެ ރޭ މެންދަމު ހަމަވިޔަސް އާ ރައީސަކު އިންތިޚާބު ކުރެވެންދެން ސަރުކާރު ދެމިއޮންނާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ވަނީ ހޮނިހިރުދުވަހު ހުކުމެއް ކޮށްފަ އެވެ.

އެ ހުކުމާ ގުޅިގެން، ރިޔާސީ ދައުރު ހަމަވާން ގާތްގަނޑަކަށް 45 މިނިޓަށް ވެފައި ވަނިކޮށް ވަރަށް އަސަރާ އެކު، ރައީސް އޮފީހުގައި ދެއްވި ބަޔާނެއްގައި ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަގާމުގައި ދެމިހުންނަވަން ނިންމެވީ ގައުމު ދޫކޮށްނުލައި ގައުމީ ވާޖިބު އަދާކުރެއްވުމަށް ގިނަ އަދަދެއްގެ މީހުން ބާރު އަޅަމުންދާތީ އެވެ.

އެހެން ނަމަވެސް ރައީސްގެ އެ ނިންމެވުމަށް ކޮމަންވެލްތާއި އެމެރިކާގެ އިތުރުން އިންޑިއާ އިން ވެސް ވަނީ ފާޑުކިޔާފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް