ފަހުގެ ޚަބަރު


އިތުރަށް...

ޤައުމީ ޕާޓީގެ ކައުންސިލް މެމްބަރުން އެމްޑީޕީއަށް ތާއިދުކުރަން ނިންމައިފި

ލިޔުނީ: Unknown - Wednesday, November 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޤައުމީ ޕާޓީގެ ބައެއް ކައުންސިލް މެންބަރުން ބޭއްވެވި ނޫންވެރިންގެ ބައްދަލުވުން - ފޮޓޯ: ރާއްޖެ.އެމްވީ
ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯދޭނީ އެމްޑީޕީގެ މެނިފެސްޓޯއިން ކަމަށް ބުނެ ދިވެހިޤައުމީ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަށް ތާއިދުކުރަން ނިންމައިފިއެވެ.

ރޭ ގައުމީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ހިމެނޭ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޕާޓީގެ ފަރާތުން ޖުމްހޫރީ ކޯލިޝަނުގައި ޑރ ހަސަން ސައީދާ އެއްކޮށް މަސައްކަތްކުރެއްވި އެ ޕާޓީގެ ކައުންސިލް މެމްބަރު ވިދާޅުވީ ޤައުމީ ޕާޓީން ނިންމި ނިންމުމަކީ އެޕާޓީގެ ކައުންސިލުގެ ހުރިހާ ބޭފުޅުންގެ ނިންމުމެއް ނޫން ކަމަށެވެ.

ނަމަވެސް ގައުމީ ޕާޓީން ނިންމި ނިންމުމާއި ގުޅިގެން އެޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ލަތީފް ވިދާޅުވީ އެމްޑީޕީއަށް ތާއިދުކުރަން ނިންމީ ރާއްޖޭގެ ކުރިއެރުމަށާއި، ރާއްޖޭގެ ތަރައްޤީއަށް މިވަގުތު އޮތް އެއްމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ.

މުހައްމަދު ލަތީފް ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގެ އިގްތިސާދީ ސިޔާސަތަށް ތާއިދުކުރައްވާ ކަމަށް ޖުމްހޫރީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްވެސް މީގެ އެއްދުވަސް ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

އަދި ހަމައެމޭރުމުން އެމްޑީޕީގެ މެނިފެސްޓޯގެ ދީނީ ސިޔާސަތުވެސް ވަރަށް ބޮޑަށް ސާފުވެވަޑައިގެންފައިވާ ކަމަށް ގާސީމް ވިދާޅުވެފައިވާ ކަމަށެވެ.

އަދި ރައީސް ނަޝީދަށް ތާއިދު ކުރައްވަން ފާޅުގައި ޤާސިމް ވިދާޅުނުވި ނަމަވެސް އެބޭފުޅުން ގަބޫލުކުރައްވަނީ ގާސިމްވެސް ތާއިދުކުރައްވާނީ ގައުމީ ޕާޓީން ތާއިދުކުރާ ކެންޑިޑޭޓަށް ކަމަށެވެ.

މުހައްމަދު ލަތީފް ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ގަބޫލުކުރާ ފަރުދީ ވިސްނުމަކީ އާއިލީ ވެރިކަމަށް ޖާގަ ދީގެން ރައްޔިތުން ހޯދަން ބޭނުންވާ ތަރައްޤީއެއް ނުހޯދޭނެ ކަން ކަމަށާއި، އަދި އެމްޑީޕީގެ އިގްތިސާދީ ސިޔާސަތު ގައި ހުރި ބައެއް ކަންތައްތައް ތަންފީޒުކުރެވިއްޖެނަމަ ރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ލިބިގެން ދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ އަދި ގައުމީ ޕާޓީގެ ކައުންސިލް މެމްބަރު އަނިލް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމީ ގައުމީ ޕާޓީގެ ވަރަށް ގިނަ އާއްމު މެމްބަރުންނާއިވެސް މަޝްވަރާކުރުމަށްފަހުގައި ކަމަށާއި އަދި ސާފުވި ކަމަކީ ޖުމްހޫރީ ކޯލިޝަނުގައި އޮތް މެނިފެސްޓޯއާއި އިގްތިސާދީ ސިޔާސަތާއި އެއްމެ ގާތްކުރާ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ އެއްމެ އާއްމު ރައްޔިތު މީހާވެސް ބާރުވެރިކުރުވާ، އެމީހާއަކީ މާލީގޮތުން ފުދުންތެރި ރައްޔިތަކަށް ހަދައިދޭ ސިޔާސަތަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާއިރު ކުރިމަތީގައި އޮތީ ދެ ޗޮއިސެއް ކަމަށާއި، މިއީ ވަރަށް ފުންކޮށް ވިސްނުމަށްފަހު ގޮތެއް ނިންމަންވީ ދަނޑިވަޅުކަމަށްވެސް ބައެއް ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.

އަދި ބޭނުންވަނީ ސިޔާސަތުތައް ތަންފީޒުކުރާނެ ސަރުކާރެއް ކަމަށާއި، އެހެން ކަމުން ގައުމީ ޕާޓީގެ ކައުންސިލް މެމްބަރުން މިއަދު ނެގި ސްޓޭންޑަކީ ގައުމުގެ ހެވާ ލާބައަށްޓަކައި ނެގި ސްޓޭންޑެއް ކަމަށެވެ.

ބޭނުންވަނީ ދިވެހިރާއްޖެއަށް އުފާވެރި ކުރިމަގެއް ލިބުން ކަމަށާއި ހިތްހަމަޖެހިގެން ރައްޔިތުންނަށް ސަލާމަތްތެރި ކަމައިއެކު އުޅެވޭނެ މަގެއް ހޯދުން ކަމަށް ފާހަގަކޮށް އެބޭފުޅުން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްޤީ ހޯދަން ކަމަށާއި އެ ތަރައްޤީ ހޯދޭނީ އެމްޑީޕީގެ މެނިފެސްޓޯއިން ކަމަށެވެ. 

ޚަބަރު: ރާއްޖެ. އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް