ފަހުގެ ޚަބަރު


އިތުރަށް...

ލ. ފޮނަދޫ ކުލަރީނދޫ ޖަގަހައިގައި މާރިޔާ ބައިވެރިވެލައްވާ ކަންމަތީ ބައްދަލުވުމެއް މިރޭ

ލިޔުނީ: Unknown - Tuesday, November 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލ. ފޮނަދޫ ކުލަރީނދޫ ޖަގަހައިގައި މާރިޔާ ބައިވެރިވެލައްވާ ކަންމަތީ ބައްދަލުވުމެއް މިރޭ އޮންނާނެކަމަށް އެމްޑީޕީ ފޮނަދޫ ކެމްޕޭން ޓީމުން ބުނެފިއެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ތާއިދު ހޯދުމުގެ ގޮތުން ލ. އަތޮޅުގެ ކެމްޕޭން ޙަރަކާތް ކޯޑިނޭޓްކުރައްވާ މާރިޔާ އަޙްމަދު ދީދީ އިއްޔެ ލ. އަތޮޅުގައި ފަށާފައިވާ ކެމްޕޭން ހަރަކާތުގެ ތެރެއިން ހަރަކާތެއްކަމަށް އެމްޑީޕީން ބުނެއެވެ.

ލ. ފޮނަދޫ ކުލަ ރީނދޫ ޖަގަހައިގައި އޮންނަ މި ބައްދަލުވުމަށް އެމްޑީޕީގެ އެންމެހައި ސަޕޯޓަރުންނާއި، ޕީޕީއެމް އާއި ޢަބްދުﷲ ޔާމިނަށް ތާއިދު ނުކުރާ އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲގެ ދޯހަޅި ސިޔާސަތުތަކަށް ތާއިދު ނުކުރާ އެންމެހައި ފަރާތްތަކުން ބައިވެރިވުމަށް ދަޢުވަތު އަރުވާފައިވެ އެވެ.

މި ބައްދަލުވުން ފެށޭނީ މިރޭ 09:00 ގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވެސް ބައިވެރިވެލައްވާނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް