ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ

ލިޔުނީ: Unknown - Tuesday, November 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެމްޑީޕީގައި ހުންނަވާ ނަމަ އެޕާޓީގައި ނުހުންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެމްޑީޕީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް ސީއެންއެމުން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ ޝާހިދާއި އޭނާއާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެދެބޭފުޅުންނަކީ އަބަދު ވެސް ވަރަށް ގާތް ދެބޭފުޅުން ކަމަށެވެ.

ޖާބިރު ވިދާޅުވީ އަބަދު ވެސް ލީޑަޝިޕް ތެރޭގައި މައްސަލަތައް ދިމާވާނެ ކަމަށާއި، އެކަންކަން ހައްލު ވެސް ކުރެވޭ ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީ މީހެއް، އެވެސް ވަރަކަށް އެހެން ހިޔާލު އޮވެގެނެއް ނޫން ބުނީކީ. މާދަމާ އަޅުގަނޑު މިފުރަނީ ބާރަށް ބާރަށް ކުރިއަށް ރައީސް ނަޝީދުގެ ކެމްޕޭންގައި އަޅުގަނޑުމެންގެ ދާއިރާއަށް. އިއްޔެ އެހެން ވެސް ބުނެވޭނެތާ، އެއީ މިސްކޮމިއުނިކޭޝަނެއް އެރީ. މިހާރު އެމައްސަލަވަނީ ހައްލު ކުރެވިފައި،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އޭނާ އިއްޔެ ވެސް މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ ވެސް ފައިދާއައްޓަކާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އިއްޔެ މަޖިލީހަށް ވަޑައިގަތުމުން ފޮނުވާލި މައްސަލާގައި ޖާބިރުވަނީ ޝާހިދަށް ފޯނު ގުޅާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި ޝާހިދުގެ ނޯކޮންފިޑެންސް މައްސަލާގައި ޝާހިދާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް