ފަހުގެ ޚަބަރު


އިތުރަށް...

ތަސްމީނު އެމްޑީޕީއާއި ގުޅެނީ

ލިޔުނީ: Unknown - Monday, November 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށްޓަކައި ޑީއާރުޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފި ކަމަށް އިތުބާހުރި ފަރާތަކުން މައުލޫމާތު ލިބިއްޖެ އެވެ.

ޑީއާރުޕީ ކައުންސިލަށް ތަސްމީނު ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ” ދިވެހި ރައްޔިތުން އެދޭ ތަރައްގީ އާއި ކުރިއެރުން ހާސިލްކުރެވޭނީ އެމްޑީޕީއާ އެކު މަސައްކަތްކޮށްގެން” ކަމަށެވެ.  އަދި އިންތިޚާބުގެ ދެވަނަ ބުރު ނިމިގެން ދިޔަ އިރު ހާމަވި ހަގީގަތަކީ، ރާއްޖެ މިވަނީ ސިޔާސީ ގޮތުން ދެބަޔަކަށް ވަރަށް ހަމަހަމަކޮށް ބައިވެފައި ކަމަށް ވެސް ތަސްމީނުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ތަސްމީނުގެ އިތުރުން ވެސް ޑީއާރުޕީގެ ވަރަށް ގިނަ މެމްބަރުންތަކެއް އެމްޑީޕީއާއި ގުޅުމަށް ވަނީ ނިންމާފަ އެވެ.

ޑީއާރުޕީގެ ކުއްލި ކައުންސިލު ބައްދަލުވުމެއް ވެސް މިއަދު ވަނީ ބާއްވާފަ އެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭރު ވެރިކަމަށް އަރާ ވަޑައިގެން ހުންނެވި ޑރ. މުހައްމަދު ވަހީދަށް އެންމެ ފަސް  ޕަސަންޓު ލިބިވަޑައިގަތުމުން ޑީއާރުޕީން ވަނީ އެމްޑީޕީއާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރުމަށް ނިންމާފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް