ފަހުގެ ޚަބަރު


އިތުރަށް...

ޝާހިދު ވަކިކޮށް އާޒިމް އެސްޓީއޯގެ އެމްޑީއަކަށް ހަމަޖައްސައިފި

ލިޔުނީ: Unknown - Monday, November 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޑިފެންސް މިނިސްޓަރ ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެ މަގާމުން ވަކިކޮށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް އެ މަގާމަށް ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ އިސް އޮފިޝަލަކު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ރައީސް އަބްދުﷲ ޔާމީން އެ މަގާމުތައް ހަމަޖައްސައި ދެއްވުމަށް މިއަދު އެދިވަޑައިގަތުމުން ކަމަށެވެ.

އެ ބަދަލު ގެންނަނީ ކޮން ސަބަބަކާ ހުރެކަން ރައީސް އަންގަވާފައި ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އާދަމް އާޒިމް އަކީ ޑިފެންސް މިނިސްޓަރ ނާޒިމްގެ ކޮއްކޮ އެކެވެ.

އާޒިމަކީ އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑުގައި ވެސް އިންނަވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރާ ޑިރެކްޓަރަކަށް ހަމަޖައްސަން އޭނާގެ ނަން ވެސް ފޮނުވައިފަ އެވެ.
އޮފިޝަލް ވިދާޅުވީ ސަރުކާރު ހިއްސާވާ އެހެން ކުންފުންޏެއްގެ ބޯޑަށް ބަދަލުގެންނަން އަދި ހުށަހަޅާފައި ނެތް ކަމަށެވެ. ބެލެވޭގޮތުން މިއީ މި ސަރުކާރުން މީހުން ވަޒީފާއިން ވަކިކޮށް، ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކަށް ވަޒީފާ ބެހުމުގެ ސިލްސިލާ ފެށުމުގެ ކޮޅުމައްޗެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް