ފަހުގެ ޚަބަރު


އިތުރަށް...

ލ.އަތޮޅުގެ ފަރަކަށްއެރި ދޯންޏެއްގައި ތިބި މީހުން ސެންޓްރަލް އޭރިއާއިން މާވަށަށް ގެންގޮސްދީފި

ލިޔުނީ: Unknown - Saturday, November 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސިކްސް ސެންސަސް ލާމު އޮޅުވެލި ބީޗް ރިސޯޓް ކައިރީގައި އޮތް ފަރަކަށް އެރި ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ލ.މާވަށަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ލ.މާވަށަށް ގެންދިޔަ މީހުންނަކީ ލ.ފޮނަދޫގައި އޮތް ފުޓްބޯޅަ މެޗެއް ކުޅުމަށްފަހު ފުޓްބޯޅަ ޓީމް ގޮވައިގެން މާވަށަށް ދަނިކޮށް ރޭ 19:38 ހާއިރު ފަރަށްއެރި "މޯފާ 7" ނަމަކަށް ކިޔާ ދޯނީގައި ތިބި މީހުންކަމަށް  އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއެވެ. 

މިހާދިސާ ހިނގުމާއެކު އޮޅުވެލި ބީޗް ރިސޯޓުން އެދޯންޏަށް އެހީތެރިވުމަށް ފޮނުވި ލޯންޗެއްގައި ދޯނީގައި ތިބި މީހުންވަނީ އެރިސޯޓަށް ގެންގޮސްފައެވެ. އަދި މިހާދިސާއާއި ގުޅިގެން ދޯނި ފުންކުރުމަށް ފަޅުވެރިން ކުރި މަސައްކަތުން ދޯނި ފުންކޮށް މިހާރުވަނީ ލ.ގާދޫއަށް ވައްދާފައެވެ.

"މޯފާ-7" ނަމަކަށް ކިޔާ ދޯނިން ދަތުރުކުރި މީހުން ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އޮޅުވެލި ބީޗް ރިސޯޓުން ލ.މާވަށަށް ރޭ 22:10 ހާއިރުވަނީ ގެންގޮސްދީފައެވެ. 

ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 114 ނަންބަރު ލޯންޗްގައި  މާވަށަށް ގެންގޮސްދީފައިވަނީ 22 މީހުން ކަމަށާއި މި މީހުން މާވަށަށް ގެންގޮސްދީފައިވަނީ ލ.އަތޮޅު ކައުންސިލް އިދާރާއިންނާއި އަދި ލ.މާވަށު ކައުންސިލް އިދާރާގެ އެދިލެއްވުމަކަށް ކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް