ފަހުގެ ޚަބަރު


އިތުރަށް...

ރީ-ރަޖިސްޓަރ ކުރުމާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ލިޔުނީ: Unknown - Friday, November 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރަށް ރީރަޖިސްޓަރ ކުރެއްވި ފަރާތްތަކުން އެދުނު ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓަރ ވެފައިވާނަމަ، އެކަމާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުއްވި އިޢުލާނެއްގައި ވަނީ، އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި، 16 ނޮވެމްބަރުގައި ބާއްވަންޖެހޭނަމަ، ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީރަޖިސްޓަރ ކުރެއްވި ފަރާތްތަކުން އެދުނު ގޮތަށް އެމީހަކު ބޭނުންތަނެއްގައި ވޯޓުލުމަށް މިހާރު ރަޖިސްޓަރ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރީރަޖިސްޓަރ ކުރުމުގައި 19 އޮކްޓޯބަރުގައި ބާއްވަން އުޅުނު އިންތިޚާބާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކަށްވެސް ރިޢާޔަތް ކުރެވިފައިވާނޭ ކަމަށާއި، އެމީހަކު ވޯޓުލުމަށް ރަޖިސްޓަރ ކުރެވިފައިވާތަން އިލެކްޝަންސް ކޮމިޝަންގެ ނަމްބަރު 1414 އަށް އެސްއެމްއެސް ކޮށްގެންނާއި، އެކޮމިޝަންގެ ވެބްސައިޓާއި ރަށުކައުންސިލްތަކުގެ އިދާރާތަކުން ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

އަދި 09 ނޮވެމްބަރ 2013 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިޢުލާނުކުރެވިފައިވާ ރިޔާސީ އިންތިޚާބަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކުރުމަށްފަހު މިލިސްޓުގައިވާ ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ތަނާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، 01 ނޮވެމްބަރު (ހުކުރު) ދުވަހުގެ މެންދުރުފަހު 2:30 ން ހަވީރު 6:00 އަށް އަދި 02 ނޮވެމްބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށް އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް