ފަހުގެ ޚަބަރު


އިތުރަށް...

ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކުގެ ސަބަބުން އިންތިހާބު ބޭއްވިދާނެކަމުގެ ޔަގީންކަމެއް ނެތް – ފުއާދު

ލިޔުނީ: Unknown - Friday, November 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިޔާސީ އިންތިހާބު ބާއްވާއިރު އަމަލުކުރަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ސަބަބުން އިންތިހާބު ބޭއްވިދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ސަބަބުން އިންތިހާބު ބޭއްވިދާނެކަމުގެ ޔަގީންކަން ނެތްއިރު ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ބާރުތައް ނިގުޅައިގެންފައި ކަމަށެވެ.

“ގައިޑްލައިންތަކުގެ ސަބަބުން ބާރުތައް ވަނީ ނިގުޅައިގެނެފަ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހުރަސްތަކެއް ކުރިމަތިކޮށްފަ، ގައިޑްލައިންތަކުގެ ސަބަބުން އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް.” ފުއާދު ވިދާޅުވި އެވެ

ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެހެން ހީނުވާ ކޮންމެ ބޭފުޅަކުވެސް ވޯޓާސް ލިސްޓުގައި ސޮއިނުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

“މި ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ އުސޫލެއް ނޫން، އިންތިހާބު ކާމިޔާބު ނުކުރެވިދާނެހެން ހީވީމަ ވީޓޯ ކޮށްލުން، ކާމިޔާބު ނުކުރެވިދާނެހެން ހީވީމަ ސޮއިނުކުރެއްވުން.” ވޯޓާސް ލިސްޓުގައި ސޮއި ނުކުރައްވަން މަސައްކަތް ކުރައްވަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން އެނގޭ ފަރާތްތަކުން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ފުއާދު ވިދާޅުވި އެވެ.

ފުއާދު ވަނީ އިންތިހާބުގައި ބައިވެރިވުމަށް އެއްވެސް ކެންޑިޑޭޓަކު ފަސްޖެހިވަޑައިނުގަތުމަށް ގޮވާލައްވާފައެވެ. އަދި އެއްވެސް ކެންޑިޑޭޓަކުން ވޯޓާސް ލިސްޓުގައި ސޮއިނުކުރައްވައިފިނަމަ އެއީ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ގޮތުގައި ރައްޔިތުން ނުދެއްކުމަށް ފުއާދު އެދިވަޑައިގެންނެވި އެވެ.

މަސްދަރު: އެމްވީ ޔޫތު
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް