ފަހުގެ ޚަބަރު


އިތުރަށް...

ތިން ކެނޑިޑޭޓުންގެ ފަރާތުން ލިސްޓުތަކުގައި ސޮއިކޮށް ނިންމައިފި

ލިޔުނީ: Unknown - Friday, November 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މިމަހު 9 ވާ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓާސް ލިސްޓުތަކުގައި އިންތިޚާބުގައި ވާދަކުރާ ތިން ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ނިންމައިފިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ތިން ކެނޑީޑޭޓުންކަމަށްވާ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ ފަރާތުން އިއްޔެ ވަނީ ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމާފައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙިމްގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމާފައިވަނީ ރޭ 8 ޖަހާކަން ހާއިރުއެވެ. އެންމެ ފަހުން ލިސްޓުގައި ސޮއިކޮށް ނިންމާފައިވަނީ ޕީޕީއެމްގެ ފަރާތުންނެވެ. އެޕާޓީން ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމީ ރޭ 12ގެ ފަހުންނެވެ.

ރިޔާސީ އިންތިހާބުގައި 475 ވޯޓު ފޮށި ބަހައްޓާއިރު އެ ވޯޓު ފޮށިތަކުގެ ވޯޓާސް ލިސްޓުގައި 3 ކެނޑިޑޭޓުންވެސް ސޮއިކުރުމުން ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު އޮންނާނެކަން މިހާރު މުޅިން ވަނީ ޔަޤީން ކުރެވިފައެވެ.

އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ މިމަހު 10 ވާ އާދީއްތަ ދުވަހު ދެވަނަ ބުރު ބާއްވާނެކަމަށް ރޭ އިލެކްޝަންސް އިން ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤްވަނީ ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް