ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދުގެ ރަނިންގމޭޓް ލ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި

ލިޔުނީ: ޢަލީ ޔާސިރު - Friday, November 8, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޓޭޓް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުޞްޠަފާ ލުޠުފީ ލ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި އެވެ.

މުޞްޠަފާގެ މިދަތުރުފުޅުގައި ލ. މާވަށް، އިސްދޫ، ފޮނަދޫ އަދި ގަމުގައި ކެމްޕޭން ޙަރަކާތްތަކެއް ކުރިއަށް ގެންދެވިއެވެ. އެގޮތުން ކެމްޕޭން ޓީމްތަކާއި ބައްދަލުކޮށް ޕްރެސެންޓޭޝަނެއް ކުރިއަށްގެންދެވުމާއި ދޮރުން ދޮރަށް ހިންގެވުމާއި ރަށްރަށުގެ އެކިއެކި ގްރޫޕްތަކަށް އަމާޒުކޮށް ބައްދަލުވުންތައް ކުރިއަށްގެންދެވުމާއި ކަންމަތީ ޖަލްސާތައް ބޭއްވެވުން ހިމެނެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން މިދަތުރުފުޅުގައި ލ. އިސްދޫން 100 އަށްވުރެން ގިނަމީހުން އެމްޑީޕީއާއި ގުޅިފައިވެއެވެ. އަދި މާވަށުންވެސް އެމްޑީޕީއަށް އައު މެންބަރުން ގުޅިފައިވެއެވެ. ލ. ފޮނަދޫގައި މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ އަދި މިވަގުތު ދެ މުވައްސަސާއެއްގައި އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވެލައްވާ ދެ ބޭފުޅަކު އިއްޔެރޭގެ ވަގުތެއްގައި އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މުޞްޠަފާ ވިދާޅުވީ ރަށްރަށުން ކުރިއަށްވުރެން ބޮޑަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓަށް ތާއިދު އިތުރުވެފައިވާކަމަށާއި އެއްބުރުން ރައީސް ނަޝީދު ހޮވުމަށް އެއްފަރާތަށް ގިނަބަޔަކު ބަރުވަމުން އަންނަކަމަށެވެ.

މުސްޠަފާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެވަޑައިގަތީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. މިދަތުރުފުޅުގައި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރ މަވޯޓާ ޝަރީފްވެސް ބައިވެރިވެލެއްވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް