ފަހުގެ ޚަބަރު


އިތުރަށް...

ދެވަނަ ބުރު ފަސްކޮށްފިނަމަ ރާއްޖޭގެ ހާލަތު ގޯސްވެދާނެ: އެމެރިކާ

ލިޔުނީ: Unknown - Sunday, November 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މިއަދު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސްކޮށްފިނަމަ، ދިވެހިރާއްޖޭގެ ހާލަތު ނުރައްކާވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، އެމެރިކާގެ ޚާރިޖިއްޔާ އިން ރޭ ނެރުނު ބަޔާނެއްގައިވަނީ، 11 ނޮވެމްބަރުގެ ކުރިން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އޮތުމާއި ޚިލާފަށް، ދެވަނަ ބުރުގެ ވޯޓުލުން ފަސްކޮށްފިނަމަ ރާއްޖޭގެ އަމާންކަން ގެއްލި ނުރައްކާތެރި ހާލަތަކަށް ވެއްޓުން އެކަށީގެންވާ ކަމަށެވެ.

އަދި އިލެކްޝަކްސް ކޮމިޝަނުން ނިންމާފައިވާ ގޮތުގެ މަތީން، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް މިރާއްޖޭގައި އޮތުމަށް ރިޔާސީ އިންތިޚާބެއް ބާއްވާ، ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމަށް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް މިބަޔާނުގައިވެއެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން ބުނީ، އިންތިޚާބުގެ ތާރީޚުތަކާއިމެދު އެއްބަސްވުމަށްފަހު އެތާރީޚުތައް ބަދަލުކުރުމަށް ސިޔާސީ ޕާޓީތަކުން ބާރުއެޅުމަކީ ޤަބޫލުކުރެވޭނެ އަދި ސަބަބެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެމެރިކާއިން މި މޭރުމުން ބަޔާނެއް ނެރެފައިވާއިރު، ކޮމަންތުގެ ފަރާތުންވެސް ރޭ ވަނީ ބަޔާނެއް ނެރެފައެވެ. ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބުގެ ބަޔާނުގައިވެސް ވިދާޅުވެފައިވަނީ، ކުރިން ކެންޑިޑޭޓުންގެ މެދުގައި އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް އިންތިޚާބު ފަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް