ފަހުގެ ޚަބަރު


އިތުރަށް...

ދައުރު ހަމަވުމުން މަޖިލީހުގެ ރައީސާ ވެރިކަން ހަވާލު ކުރަން ކޮމަންވެލްތުން ގޮވާލައިފި

ލިޔުނީ: Unknown - Sunday, November 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މިހިނގާ ދައުރު މިރޭ ދަންވަރު 12 ޖަހާއިރު ހަމަވާ އިރު، ރާއްޖެ ގާނޫނީ ހުސްކަމަކަށް ދިއުމުން ސަލާމަތް ކުރުމައްޓަކާ މަޖިލީހުގެ ރައީސާއި ވެރިކަން ހަވާލު ކުރުމަށް ކޮމަންވެލްތުން ގޮވާލައިފިއެވެ.

ކޮމަންވެލްތުގެ ހާއްސަ މަންދޫބު ޑޮންމެކިނަން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް މިއަދު ފަތިހުގެ ވަގުތެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފި ނަމަ މިރޭ ދަންވަރު 12 ގައި މިސަރުކާރުގެ ދައުރު ހަމަވާއިރު އާ ރައީސަކު އިންތިހާބު ނުކުރެވޭނެ ކަމަށް ވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ސިޔާސީ ގޮތުން ވެވޭ އެއްބަސްވުމެއް ނެތް ހާލަތެއްގައި ކުރިއަށް ދިއުމަށް ދެން ބަލަން ޖެހޭނީ ގާނޫނު އަސާސީއަށް. ވަރަށް ސާފުކޮށް ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ ރޫހާއި މަގުސަދުން މިފަދަ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ ގޮތް ސާފު،" މެކިނަން ވިދާޅުވެފައިވެއެވެ.

ގާނޫނު އަސާސީގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެމަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ފަދަ ހވާޖިބުތައް އަދާ ނުކުރެވޭ ފަދަ ހާލަތެއް ވަގުތީ ގޮތުން ނުވަތަ ދާއިމަށް މެދުވެރިވެއްޖެ ނަމަ، ވަގުތީ ގޮތުން އެމަސްއޫލިއްޔަތު އަދާ ކުރައްވާނީ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނައިބް ރައީސް ކަމަށެވެ. ނުވަތަ މަޖިލީހުގެ ގަރާރަކުން އައްޔަން ކުރާ މެންބަރަކު ކަމަށެވެ.

މެކިނަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގާނޫނު އަސާސީގެ 124 ވަނަ މާއްދާއިން ޑިމޮކްރަސީގެ އަސާސް ކަމަށްވާ ވެރިކަން އަބަދު ވެސް އޮންނަން ޖެހޭނީ ރައްޔިތުންގެ ކިބާގައި ނުވަތަ ރައްޔިތުން އިންތިހާބު ކުރާ މަންދޫބެއްގެ ކިބައިގައިކަން ދޭހަވާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތް ކަމަށާއި، ރައްޔިތުންގެ ފަރާތުން އަބަދު ވެސް ބަސް ބުނަން ޖެހޭނީ އިންތިހާބުވެފައިވާ ބަޔަކު ކަމަށެވެ. އެހެންކަމުން ދިމާވެދާނެ ގާނޫނީ ހުސްކަމަކުން އަރައިގަތުމަށް އެންމެ ރަނގަޅު ގޮތަކީ ގާނޫނު އަސާސީގެ 124 ވަނަ މާއްދާއަށް އަމަލު ކުރުން ކަމަށް ވެސް މެކިނަން ވިދާޅުވެފައިވެއެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތައް ފަދައިން، ނޮވެމްބަރު 11 އިން ފެށިގެން އާ ރައީސަކު އިންތިހާބު ކުރެވެންދެން ދެން އަންނަ ސަރުކާރަކީ އާ ސިޔާސަތުތައް ތަންފީޒުކޮށް ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ ސަރުކާރެއް ނޫން ކަމަށް ވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް