ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ވަހީދު ހުންނަވައިގެން އިންތިހާބަކަށް ނުދެވޭނެ: ރައީސް ނަޝީދު

ލިޔުނީ: Unknown - Sunday, November 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން ދެން އިންތިހާބަކަށް ވަޑައިނުގަންނަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ސިޓީހޯލުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ވަހީދު މަގާމުގައި ހުންނަވައިގެން ބާއްވާ އިންތިހާބު ވާނީ ޣައިރު ގާނޫނީ އިންތިހާބަކަށް ކަމަށެވެ. އެސަބަބާހުރެ ވަހީދު މަގާމުގައި ހުންނަވައިގެން އިންތިހާބަކަށް ނުދެވޭނެކަމަށާއި ދެން އޮތް ގޮތަކީ ރައީސް ވަހީދު އިސްތިއުފާ ދެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތް ސަލާމަތްކުރުމަށް އޮތް މަގަކީ މިރޭ ދަންވަރު ވާއިރަށް ރައީސް ވަހީދު މަގާމުން އިސްތިއުފާ ދެއްވާ މަޖިލީހުގެ ރައީސާ ދައުލަތުގެ ބާރުތައް ހަވާލުކުރެއްވުން ކަމަށެވެ. އެގޮތަށް އެކަންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި ކޮންމެގޮތެއް ވިޔަސް ރައީސް ވަހީދުގެ ސަރުކާރުގެ ގާނޫނީ ސައްހަކަން ނޯންނެކަމަށެވެ.

"އަޅުގަނޑުގެ ކުރީގެ ނާއިބު ރައީސް ޑރ. ވަހީދު ތަކުރާރުކޮށް އަޅުގަނޑު ގާތުގައި ވިދާޅުވެފައިވަނީ ދައުރު ހަމަވުމުން އިސްތިއުފާ ދެއްވާނެކަމަށް. އެހެންކަމުން އަބަދުވެސް އަޅުގަނޑު ދެކެނީ ރައީސް ވަހީދު މަގާމުން އިސްތިއުފާ ދެއްވާނެކަމަށް. އެކަން ކުރައްވާނެ،" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބާރުތައް މަޖިލީހުގެ ރައީސާ ހަވާލުކުރެއްވުމުން ސަލާމަތީ ބާރުތަކާ ވާހަކަ ދައްކައިގެން ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިންތިހާބު ބާއްވާނެކަމަށާއި އެގޮތަށް އެކަންނުދާނަމަ ސުޕްރިމް ކޯޓް މެދުވެރިކޮށް އަދިވެސް އިންތިހާބު ފަސްކުރަން ސިޔާސީ ބާރުވެރިން މަސައްކަތް ކުރައްވާނެކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް