ފަހުގެ ޚަބަރު


އިތުރަށް...

މާލެ އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅު ތަކަށް ވޯޓު ކަރުދާސްތައް ފޮނުވަން ފަށައިފި

ލިޔުނީ: ޢަލީ ޔާސިރު - Thursday, November 7, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތަކާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތައް މާލެ އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.

އަތޮޅުތަކަށް ވޯޓު ކަރުދާސްތަކާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތައް ގެންދަނީ ފުލުހުންނެވެ.

މިއަދު ހަވީރު 16:00 ން ފެށިގެން ފުލުހުންގެ އެކިއެކި ފްލީޓް ތަކުގައި އިންތިޚާބުގެ ތަކެތި އުފުލަން ފަށާފައިވާކަމަށާއި މިތަކެތި އެކި ސަރަހައްދުތަކަށް ގެންދަނީ އިލެކްޝަން ކޮމިޝނަން އަންގާ ގޮތެއްގެ މަތިންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މާލެ އަތޮޅާއި ރިޒޯޓުތަކަށް ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި ހިފައިގެންދާ ލޯންޗްތައް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތުތަކުގައިކަމަށް ފުލުހުން ހާމަކުރެއެވެ

މިހާތަނަށް ހއ. ހދ. ށ. ނ. ރ. ބ. ޅ. ފ. ދ. އއ. އދ. ވ. މ. ތ. ލ. ގއ. ގދ. ޏ. ސ އަތޮޅަށް ފުލުހުންގެ ލޯނޗުތައް ވަނީ ވޯޓު ކަރުދާހާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތަކާ އެކު ފުރާފައެވެ.

ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތަކާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތައް ވެސް ދަނީ ފޮނުވަމުންނެވެ. އެގޮތުން މިއަދު ހެނދުނު 09:05 އެހާކަށްހާއިރު ލަންޑަނަށް ވޯޓު ކަރުދާހާ އެއްޗެހި ފޮނުވާފައިވާއިރު، ކޮލަމްބޯގައި ހުންނަ ވޯޓު ފޮށްޓަށް ބޭނުންވާ ކަރުދާހާއި އެހެނިހެން ތަކެއްޗާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރު މިއަދު މެންދުރު ފަހު 15:40ގައި ވަނީ ފުރާފައެވެ. 

އަދި އިލެކްޝަނުން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ޝެޑިއުލް އަށް އިތުރު ބަދަލެއް ނާންނަނަމަ މިރޭ 20:45 ގައި ސިންގަޕޫރަށާއި މެލޭޝިޔާއަށް އަދި އަދި މާދަމާގެ ވަގުތުތަކުގައި ދިއްލީއަށާއި ޓްރިވެންޑްރަމް ގެންދާ ވޯޓު ކަރުދާހާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރުން ދަތުރުކުރަން ފަށާނެކަމަށް ފުލުހުން ހާމަކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް