ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

ލިޔުނީ: Unknown - Thursday, November 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާވަށު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވާހަކަފުޅު ދައްކަވަނީ
ލ. މާވަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް މާވަށު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.

ިމިކަމަށްޓަކައި މިއަދު ހެނދުނު ލ.މާވަށު ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މާވަށު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އިޢްޒަތްތެރި މެމްބަރު އަލްފާޟިލް ޢަބްދުލް ޢަޒީޒު ޖަމާލް އަބޫބަކުރުއެވެ.

މާވަށު ޕޮލިސް ސްޓޭޝަން ހުޅުވާދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފުރިހަމަގޮތުގައި ދެވޭނީ އެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ހުރެގެންކަމަށާއި އެގޮތުން ލ.މާވަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިގެން ދިއުމަކީ މާވަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއްކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މާވަށުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވިގެން މިދިޔައީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމަކާ އެކުގައި ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އިޢްޒަތްތެރި މެމްބަރު އަލްފާޟިލް ޢަބްދުލް ޢަޒީޒު ޖަމާލް އަބޫބަކުރު އާއި ލ.މާވާށު ކައުންސިލް އަދި ލ.މާވަށު ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމަކަމުގެ އިތުރުން ވަރަށް ބޮޑު އެއްބާރުލުމެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންދިޔަކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތަކީ ޤައުމީ ޚިދުމަތެއް ކަމަށާއި މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށާއި ސިޔާސީ މަސްރަޙުއަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ ކުރާ އަސަރެއްގެ ސަބަބުން ފުލުހުންގެ ޚިދުމަތް ދެމުންދާ މަރުކަޒަކަށް ނުވަތަ ބަޔަކަށް ގެއްލުންދީ އެ ޚިދުމަތް ދިނުމަށް ބުރޫ އަރާފަދަ ކަންކަން ނުކުރެއްވުމަށްވެސް ކޮމިޝަނަރ އިލްތިމާސްކުރައްވައި، މާވަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މާވަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އަމާން އޮމާން މާހައުލެއް ޤާއިމްކޮށްދީ ރަށުގެ ތަރައްޤީއަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރަމަށް ކޮމިޝަނަރ އޮފް ޕޮލިސް ގޮވާލެއްވިއެވެ.

މާވަށު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާއި ލ.މާވަށު ކައުންސިލް މެމްބަރުންނާއި ލ.އަތޮޅު ކައުންސިލް މެމްބަރުންނާއި ލ.މާވަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ލ.މާވަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް