ފަހުގެ ޚަބަރު


އިތުރަށް...

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއްޖަމާއަތެއްގައި ފަތިސް ނަމާދު ކޮށްފި

ލިޔުނީ: Unknown - Sunday, November 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމްވެތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު އެއްޖަމާއަތެއްގައި ކޮށްފިއެވެ.

މިގޮތުން މާލޭ އޭރިއާއަށް ނިސްބަތްވާ ސިފައިން ފަތިސް ނަމާދަށް ޖަމާވެފައިވަނީ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްއަށެވެ. މާލޭ އޭރިއާގައި ކުރެވުނު ނަމާދު އިމާމުވެ ކުރެއްވީ ފަސްޓް ލެފްޓިނަންޓް އަބްދުލް މަޖީދު އިބްރާހީމެވެ. ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އިސްވެ ދުޢާ ކުރެއްވީ ފަސްޓް ލެފްޓިނަންޓް އަބްދުލް މަޖީދު އިބްރާހީމެވެ.
މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި ކުރެވުނު ފަތިސްނަމާދު ޖަމާއަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނަރަލް އަހުމަދު މުހައްމަދުގެ އިތުރުން ޖެނަރަލް އޮފިސަރުންނާއި ގިނައަދަދެއްގެ ސިފައިންވަނީ ބައިވެރިވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް