ފަހުގެ ޚަބަރު


އިތުރަށް...

ވެރިކަން އަނބުރާ ގެނައުމަކީ ޗޮއިސްއެއް ނޫން - ޑރ.ޝަމްހީދު

ލިޔުނީ: ޢަލީ ޔާސިރު - Sunday, November 10, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަން 2008 ގައި ބަދަލުކުރީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި "އެ ވެރިކަން އަނބުރާ ގެނައުމަކީ ޗޮއިސްއެއް ނޫން" ކަމަށް ޑރ. ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ 'ހަވީރު ނޫހަށް' ދެއްވި ބަސްދީގަތުމެއްގައެވެ.

"އަނެއްކާ އެ 30 އަހަރު ގެނައުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. އެ 30 އަހަރު ބަދަލު ކުރުމަކީ ގޯސް ބަދަލެއް ކަމަށް މިއަދު ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. ދެން އަނެއްކާ 30 އަހަރަށް ދިއުމަކީ ގައުމު ފަހަތަށް ދިއުން ކަމަށް އަޅުގަނޑު ދެކެނީ،" ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕެއިން މެނޭޖަރު ޝަމްހީދު ވިދާޅުވި އެވެ.

ގާސިމްގެ ކެމްޕެއިން މެނޭޖަރު ކަމުން އޭނާ ދުރަށް ވަޑައިގަތީ، ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިޚާބު ބާތިލު ކޮށްދިނުމަށް އެދި ޖޭޕީން ސުޕްރީމް ކޯޓަށް ދިއުމުންނެވެ.

"އަޅުގަނޑަށް އެނގޭ އޭރު ވެސް އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަން،" އޭނާ ވިދާޅުވި އެވެ.

މިމަހުގެ 16 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ތާއީދުކުރައްވަން، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޑރ. އަހުމަދު ޝަމްހީދު ނިންމަވާފައި ރޭ ވަނީ ވިދާޅުވެފައެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް