ފަހުގެ ޚަބަރު


އިތުރަށް...

ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ނިންމައިފި

ލިޔުނީ: ޢަލީ ޔާސިރު - Sunday, November 10, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

އެ ޕާޓީގެ ކައުންސިލް މެމްބަރަކު "ހަވީރަ"ށް ވިދާޅުވިގޮތުގައި ޕާޓީގެ ކައުންސިލުން އެ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދާދި އަވަހަށް އެކަން އިއުލާންކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖޭޕީގެ ނިއުސް ކޮންފަރެންސެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ ކައުންސިލްގައި މަޝްވަރާކުރީ ޕީޕީއެމަށް ތާއީދުކުރުމާ ބެހޭގޮތުން ކަމަށާއި ނަމަވެސް އެ ގޮތަށް ފާހެއް ނުވި ކަމަށެވެ. އެމްޑީޕީ އަށް ތާއީދުކުރުމާ ބެހޭގޮތުން މަޝްވަރާއެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް