ފަހުގެ ޚަބަރު


އިތުރަށް...

ޑރ. ވަހީދު ހުންނެވީ އެމްއެންޑީއެފް ބެލުމުގެ ދަށުގައި - ނައުޝާދު ވަހީދު

ލިޔުނީ: Unknown - Monday, November 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ވެރިކަމުގައި ހުންނަވާނެކަމަށް ވިދާޅުވުމަށްފަހު ލޯންޗެއްގައި ވަހީދު މާލެއިން ފުރަނީ - ފޮޓޯ: ހަވީރު އޮންލައިން
ހުދުމުހުތާރުވެރިއާ ޑރ. މުހައްމަދު ވަހީދު ހަސަންމަންމަނިކު ހުންނެވީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިކަމަށް ވަހީދުގެ ކޮއްކޮ ނައުޝާދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ 11:00 ގައި ވަހީދު ވެރިކަމުން އިސްތިއުފާ ނުދެއްވާނެކަމަށް އިއުލާނު ކުރެއްވުމަށްފަހު، ވަހީދާއި، އޭނާގެ އަނބިކަބަލުން ވަނީ “ހައްޔަރުކޮށްގެން” އާރަށަށް ގެންގޮސްފަ އެވެ.

ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެފައިވަނީ، ރައީސް ވަހީދުގެ ފޯނަށް ގުޅުމުން ޖަވާބު ދެއްވަނީ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމުކަމަށާއި، އަދި ވަހީދު ހުންނެވީ ވާހަކަދެއްކޭ ފަދަ ހާލަތެއްގައި ނޫންކަމަށް ނާޒިމު ވިދާޅުވާކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފަ އެވެ.
 މިކަމާއި ގުޅިގެން ވަހީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނައުޝާދު ވަހީދު ވިދާޅުވެފައިވަނީ، “ކޮންމެ އެއްޗެކޭ ކިޔަސް ވަހީދު ހުރީ ހައްޔަރުގައި. އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި” ކަމަށެވެ.
 ވެރިކަމުން އިސްތިއުފާ ދިނުމާމެދު ގޮތެއް ނިންމެވުމަށްފަހު ގައުމާއި މުހާތަބު ކުރެއްވުމަށް ހުދުމުހުތާރު ވެރިއާ ވަހީދު އެންމެ ފުރަތަމަ ނިންމަވާފައިވަނީ އިއްޔެ ހަވީރު، 4:00 ގަ އެވެ. ނަމަވެސް، ފަހުން ގަރާރު އިއްވުން ވަނީ ރޭގަނޑު 8:30 އަށް ފަސްކޮށްފަ އެވެ. އަދި އޭގެ ފަހުން 10:30 އަށް ވެސް، ވަނީ ފަސްކޮށްފަ އެވެ. އެންމެ ފަހުން ވަހީދަށް ގައުމާއި މުހާތަބު ކުރެވިފައިވަނީ ރޭގަނޑު 11:00 ގެ ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުދުމުތާރު ވެރިއާ ވަހީދު، އެންމެ ފުރަތަމަ ހުންނެވީ އިސްތިއުފާ ދެއްވާށެވެ. ނަމަވެސް ސިޔާސީ ބައެއް އިސްވެރިންގެ ފިއްތުންތަކުގެ ސަބުބުން ވަހީދަށް ޖެހިވަޑައިގަތީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި ހުންނަވާކަން އިއުލާނުކުރައްވާށެވެ. އަދި ވަހީދު މިއަދު ދެއްވި ތަގުރީރު ލިޔުއްވީ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ނާޒިމު މަޖުބޫރު ކުރެއްވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އޮކްޓޫބަރު މަހުގެ ފަހުކޮޅު ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ހުދުމުހުތާރު ވަހީދު ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވާނެކަމަށެވެ. ނަމަވެސް ދައުރު ހަމަވި ކަމަށް ވިދާޅުވެ ޑރ. ވަހީދުގެ ނައިބު ވަހީދުއް ދީން އިސްތިއުފާ ދެއްވި ނަމަވެސް ވަހީދު ވަނީ “ސަބަބުތަކަކާ ހުރެ އިސްތިއުފާ” ދެއްވުމަށް ދެކޮޅުހައްދަވާފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް