ފަހުގެ ޚަބަރު


އިތުރަށް...

މަޖިލީހުގެ ރައީސްގެ ކޮޓަރި ކޮޅަށް ޕީޕީއެމް މެމްބަރުން ޙަމަލާދީފި

ލިޔުނީ: Unknown - Monday, November 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ކޮޓަރި ކޮޅަށް ޕީޕީއެމްގެ މެމްބަރުން ތަކެއް ޙަމަލާ ދީފިއެވެ.

މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ރާއްޖެ.އެމްވީއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ޕީޕީއެމްއަށް ނިސްބަތްވާ 10 ވަރަކަށް މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ ކޮޓަރި ކޮޅަށް ހަމާލާ ދީފައިވާ ކަމަށާއި އެހެން ނަމަވެސް އެވަގުތު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކޮޓަރި ކޮޅުގައި ނޫޅުއްވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ކޮޓަރި ކޮޅުގެ ދޮރު ތަޅުލާފައި ހުއްޓައި ދޮރު ހަލާކު ކުރުމަށްފަހު އެތެރެއަށް ވަދެ ކޮޓަރިކޮޅުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ކޮޓަރި ބޭރުގައި ހުރި ނަން ބޯޑަށްވެސް ގެއްލުންދީފައިވާ ކަމަށެވެ.

މިއީ މަޖިލީހުގެ ރައީސަށް ސީދާ އަމާޒުކޮށް ދިން ޓެރަރިޒަމް ޙަމަލާއެއް ކަމަށް އިލްޔާސް ތުހުމަތުކުރެއްވިއެވެ. އަދި މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅަށް ދިން ޙަމަލާ ހުއްޓުވުމަށް މަޖިލީހުގެ ސާރޖެންޓް އެޓް އާރމްސް މަސައްކަތް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެބޭފުޅާއަށްވެސް ހުރަސްތަކެއް މެމްބަރުންގެ ފަރާތުން ކުރިމަތިވި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފާއި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރުއާއި، ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފްއާއި، ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ޝަރީފްއާއި، އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑް ވޭވް ސަލީމް)، އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަފީޤު ހަސަން ހިމެނިވަޑައިގަންނަވައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަހީދު ހަސަން މަނިކުގެ ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ވަނީ މަޖިލީހުގެ ރައީސްއާއި މުޙާތަބްކޮށް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް އަޑީގައި ހުންނަވައިގެން ބޭރުގެ ފަރާތްތަކާއިއެކު މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގައި "މިނީ ކޫ" އެއް ހިންގަވާ ކަމަށް ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް