ފަހުގެ ޚަބަރު


އިތުރަށް...

ޑރ. އަފްރާޝީމް މަރާލީ ޔާމީންކަމަށް އުމަރު ނަސީރު ބުނާ ސިޓީއެއް ލީކްވެއްޖެ

ލިޔުނީ: ޢަލީ ޔާސިރު - Thursday, November 14, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލީކްވެފައިވާ ސިޓީގެ ސްނިޕް ޝޮޓެއް - ފޮޓޯ: އެލްއޭ ނިއުސް
މަޝްހޫރު ދީނީ ޢީލްމުވެރިޔާ އަދި އުނގުފާރު ދާއިރާގެ ގޮނޑި ކުރިން ފުރުއްވެވި ޑރ. އަފްރާޝީމް މަރާލީ ޔާމީންކަމަށް އުމަރު ނަސީރު ބުނާ ސިޓީއެއް އިޖްތިމާޢީ މީޑިއާގައި ލީކްވެއްޖެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސްގެ ރައީސް އަލްއުސްތާޛް މަޢުމޫނު ޢަބްދުލް ޤައްޔޫމަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގައި އުމަރު ބުނެފައިވަނީ އެމަނިކުފާނަކީ (ޔާމީނަކީ) ތަފާތު ގިނަ ކޮރަޕްޓް ކަންކަމުގެ އަޑީގައި ހުންނެވި ބޭފުޅެއްކަމަށް ދިވެހިރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް މަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ސީދާ އެމަނިކުފާނު ބައިވެރިވެފައިވާކަމުގެ ވަރަށް ސާފު ހެކި ލިބެންހުރުން އެއީ ނުހަނު ކަންބޮޑުވާކަމެއްކަމަށް އުމަރު ފާހަގަކުރައްވާފައި ވެއެވެ.

"ކަން މިހެން ހުރުމާއިއެކު، މަނިކުފާނުގެ ޒަޢާމަތުގައި މި ޕާޓީގެ މުސްތަޤުބަލް ރޭއްވެވުމުގައި ޢަބްދުﷲ ޔާމިން ބައިވެރިކުރައްވައިގެން ކުރިއަށް ގެންދިއުމަކީ މި ޕާޓީއަށާއި ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ." ޢުމަރުގެ ސިޓީއެއް ކަމަށް ބުނާ ސިޓީގައި ވެއެވެ.
ސޯޝަލް މީޑިއާގައި ލީކްވެފައިވާ ސިޓީ - ފޮޓޯ: ޓްވިޓަރ
ލީކުވެފައިވާ މި ސިޓީގެ ވާތްފަރާތު މަތީކަނުގައި ޕީޕީއެމް އިން ސިޓީބަލައިގަތްކަމާއި ސިޓީ އެންޓަރކޮށްފައިވާކަން އެނގެން އޮވެއެވެ. އަދި ކޮންމްވެސް ފަރާތަކަށް ސިޓީ ފޯރވާޑްކުރުމަށް އިރުޝާދު ދީފައި ރަތްގަލަމަކުން ލިޔެފައިވެސް ވެއެވެ. މި ސިޓީ ލިޔެފައިވަނީ 03 އޭޕްރީލް 2013 ގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް