ފަހުގެ ޚަބަރު


އިތުރަށް...

މާދަމާ ވޯޓުލުމަށް ބޭނުންވާ ކަރުދާހާއި ވޯޓުލާމީހުންގެ ލިސްޓް ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދެވިއްޖެ

ލިޔުނީ: Unknown - Saturday, November 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި މާދަމާ ވޯޓުލުމަށް ބޭނުންވާ ކަރުދާހާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ ރާއްޖޭގެ ހުރިހާ ރަށަކަށް އަދި ރާއްޖެއިން ބޭރަށް ގެންގޮސް ނިމިއްޖެއެވެ.

މާދަމާ ވޯޓުލުމަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ ރަށްރަށަށް ފޮނުވައި ނިމިފައިވާއިރު ވޯޓު ފޮށި ބަހައްޓާ ކޮންމެ ރަށެއްގައި ފުލުހުންވެސް މިހާރު ދާނީ ޙަރަކާތްތެރިވަމުންނެވެ. އަދި ވޯޓު ކަރުދާހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އަންގާ ގޮތެއްގެމަތިން ފުލުހުން އެރަށްރަށުގައިދެމިތިބޭނެއެވެ.

މިއަދު ހެނދުނުއްސުރެ ރާއްޖޭގެ އެކި އަތޮޅުތަކުގައި ރަށްރަށަށް ވޯޓު ކަރުދާހާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ ގެންދިއުމުގައި ޙަރަކާތްތެރިވެފައިވަނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ގުޅިގެންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް