ފަހުގެ ޚަބަރު


އިތުރަށް...

ރަނިންގމޭޓް މުޞްޠަފާ ލުޠުފީ ލ. މާވަށުގައި ވޯޓުން އުފާވެރިކަން ކެމްޕެއިންގައި

ލިޔުނީ: Unknown - Tuesday, November 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްޠަފާ ލ. މާވަށް އަރާވަޑައިގަންނަވަމުން ފޮށިތަންމަތި ހުރި ދަމާގާޑިޔާ ދުއްވަވަނީ - ފޮޓޯ: އަންވަރު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު މާވަށަށް ވަޑައިގެން  ވޯޓުން އުފާވެރިކަން ކެމްޕޭން ކުރައްވަމުން އެބަގެންދަވައެވެ.

މިއަދު ހެނދުނު މާވަށަށް ވަޑައިގަތުމަށްފަހު އެމްޑީޕީ ކެމްޕޭން ޙަރަކާތުގައި އުޅުއްވާ މެންބަރުންނަށް ކެމްޕޭންގެ ކަންތައްތައް އޮޅުންފިލުވައިދެއްވުމަށް ޕްރެސެންޓޭޝަނެއް ކުރިއަށްގެންގޮސްފައިވާކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެއްވަވަމުން މުޞްޠަފާ ވިދާޅުވިއެވެ.

"ކެމްޕެއިންގަ ޙަރަކާތްތެރިވާ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު މެންދުރު ނަމާދުކޮށް ނިމިގެން އޮތީ ޑޯޓުޑޯ ޖެއްސުން. އެއަށްފަހު އޮންނާނެ ކަންމަތީ ބައްދަލުވުމެއްވެސް." މުޞްޠަފާ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި މާވަށުން މުޞްޠަފާއާއި އޭނާގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.

މިދަތުރުގައި މާދަމާ (06 ނޮވެމްބަރ 2013)ގައި ފޮނަދުއަށް ވަޑައިގަންނަވާނެކަމަށާއި 15:30 ގައި ފޮނަދޫގައި ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފޮނަދޫ އެމްޑީޕީ ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއެވެ. އެއަށްފަހު ފޯކަސް ގްރޫޕްތަކާއި އެކު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ބުރާސްފަތި ދުވަހު (07 ނޮވެމްބަރ 2013) ގައި ގަމަށް ވަޑައިގެން ކެމްޕެއިން ޙަރަކާތްތަކެއް ހިންގެވުމަށް ނިންމާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްތަކުގައި ދޮރުންދޮރަށް ހިންގެވުން ކުރިއަށް ދާނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްތަކަށް އަމާޒުކޮށް އޮރިއެންޓޭޝަން ހިންގުމާއި، ރަށްރަށުގެ ފޯކަލް ގްރޫޕްތަކާއި ބައްދަލުކުރެއްވުމަށް ރާއްވަވައިފައިވެއެވެ. މިގޮތުން މުދައްރިސުންނާއި، ސިއްހީ ދާއިރާގެ ބޭފުޅުންނާއި، މަދަނީ، ކްލަބް ޖަމިއްޔާތަކާއި، އަދި ޒުވާނުންނާއި ބައްދަލުކުރައްވާނެއެވެ. ވަޑައިގަންނަވާ ރަށްތަކުގައި ކަންމަތީ ބައްދަލުވުން ބާއްވަވައި، ކެމްޕެއިނާއި ގުޅޭ މެޓީރިއަލް ބެހުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުގައި ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އާއި އެކު ޑީއާރޕީގެ ޑެޕިއުޓީ ލީޑަރ މަވޯޓާ ޝަރީފު ބައިވެރިވެލައްވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރުގެ ހަވީރުގެ ވަގުތެއްގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް