ފަހުގެ ޚަބަރު


އިތުރަށް...

ކޯޓަށް ހާޒިރުނުވެގެން ގަމު މީހަކާއި އިސްދޫމީހެއްގެ އިތުރު ތިން މީހަކު ހޯދަން އިއުލާންކޮށްފި

ލިޔުނީ: Unknown - Tuesday, November 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކ-ވ: މުޙައްމަދު އަޙްމަދު، ޢަބްދުﷲ ޢައުފް، އާމިނަތު ޝަފީޤާ، ރުޤިއްޔާ އަމާނަތު އަދި މުޙައްމަދު ޝަހީދު - ފޮޓޯ: ޕޮލިސް
ކޯޓަށް ހާޒިރުނުވެގެން ގަމު މީހަކާއި އިސްދޫމީހެއްގެ އިތުރު ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ތަފާތު މައްސަލަ ތަކާއި ގުޅިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ ލ. އިސްދޫ، ޖަނަވަރީމާގެ މުހައްމަދު އަހްމަދު (26އ) އާއި ލ. ގަން/ތުނޑި، ލޮބްސްޓާ ރުގިއްޔާ އަމާނަތު (18އ)  އާއި ގދ. ތިނަދޫ، ފަނޑުނުވާގެ އަބްދުﷲ އައުފް (37އ) އާއި ސ. ހިތަދޫ، ހަބަރުމާގެ އާމިނަތު ޝަފީގާ (33އ) ގެ އިތުރުން ސ. ފޭދޫ، ހޭޒްލީން މުހައްމަދު ޝަހީދު (40އ)އެވެ.

މި މީހުންގެ ތެރެއިން ލ. އިސްދޫ މުހައްމަދު އަހްމަދު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ މައްސަލައަކާއި ހައްދުންމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރާއި ހަވާލުވެ، ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށް ފުލުހުންބުނެއެވެ. ލ. ގަން ރުޤިއްޔާ އަމާނަތު ހޯދަމުންދަނީ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށްޓަކައި އެކޯޓުގެ އަމުރަކާއި ހަވާލުވެ ކޯޓަށް ހާޒިރުވެފައިނުވާތީ އެވެ.

މީގެ އިތުރުން އައުފް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައާއި ގުޅިގެންނެވެ. ޝަފީގާއަކީ ފިލާފާނެ މީހެއް ކަމަށް ޑްރަގް ކޯޓަށް ގަބޫލުކުރެވޭތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދާ މީހެކެވެ. ޝަހީދު ހޯދަމުންދަނީ ފެމިލީ ކޯޓަށް ހުށަހެޅިފައިވާ ހަރަދުގެ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ބުނީ މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށާއި، މައުލޫމާތު ހިއްސާކުރާ ފަރާތްތަކަށް ރައްކާތެރިކަން ދޭނެ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް