ފަހުގެ ޚަބަރު


އިތުރަށް...

މިދިޔަ މަހު ތިލަފުށީގައި އެނދި ފުނަމާ ދޯނީގެ ކެޕްޓަން ނިޔާވެއްޖެ

ލިޔުނީ: Unknown - Tuesday, November 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިދިޔަ މަހު 27 ވަނަ ދުވަހު ތިލަފުށީގައި ގޭސް ބަރުކުރަމުން ދަނިކޮށް ލ. ގަމު ފުނަމާ ދޯނީގައި ރޯވެ އެނދި ހާދިސާގާއި ފިހުނު، އެ ދޯނީގެ ކެޕްޓަން މުހުސިން ނިޔާވެއްޖެ އެވެ.

މުހުސިން ނިޔާވީ އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 08:30 ގައެވެ. މުހުސިނަކީ ފުނަމާދޯނީގެ ވެރިފަރާތް ވެސް މެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ތިލަފުށީ ފަޅުގައި ހިނގި އެ ހާދިސާގައި ފިހުނު ހަތަރު މީހުންގެ ތެރެއިން
އުމުރުން 38 އަހަރުގެ މުހުސިނުގެ ހަށިގަނޑުން 55 އާއި 60 ޕަސެންޓާ ދެމެދު ފިހިފައިވާ އިރު، 48 އަހަރުގެ ދިވެހި މީހާގެ ހަށިގަނޑުން 25 ޕަސެންޓް ފިހިފައިވާ ކަމަށް ފުލުހުން ފުލުހުން އޭރު ބުންޏެވެ.

ފުނަމާ ދޯނީގައި ރޯވީ މާލޭން މުދާ ބަރުކޮށްގެން ތިލަފުށްޓަށް ގޭސް ބަރުކުރަން ދަނިކޮށެވެ. އަދި ފުރަތަމަ އަލިފާން ރޯވެފައި ވަނީ އިންޖީނުގޭގައި ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފާއު ފުލުހުންނާއި ތިލަފުށީގައި މަސައްކަތްކުރާ މީހުން ގުޅިގެން ކުރި މަސައްކަތުން އެދޯނީގައި ރޯވި އަލިފާންގަނޑު ނިވާލި އިރު، ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފަ އެވެ.

މަރުހޫމް މުޙްސިން ސަޢީދުގެ ފުރާނައަށް ސުވަރުގޭގޭ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! މުހްސިންގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! - އާމީން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް