ފަހުގެ ޚަބަރު


އިތުރަށް...

'ލާދީނީ' ނަދުރެއް ފުއްދުމަށް ލ. ގަމު ޕީޕީއެމް އަންހެނުންތަކެއް ފަށައިފި

ލިޔުނީ: ޢަލީ ޔާސިރު - Tuesday, November 19, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލާދީނީ ނަދުރެއް ފުއްދުމަށް ޕީޕީއެމް އަންހެނުންތަކެއް ލ. ގަމުން ފޮނަދުއަށް ހިނގަނީ - ފޮޓޯ: ޝަމީމް
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން ރިޔާސީ އިންތިޙާބު ކާމިޔާބުކޮށް ރައީސް ކަމަށް ހޮވިއްޖެ ނަމަ  ފުއްދާނެކަމަށް ލ. ގަމު ޕީޕީއެމް އަންހެނަކު ބުނި 'ލާދީނީ ނަދުރެއް' ފުއްދުމަށް އެ އަންހެންމީހާ ފަށައިފިއެވެ.

އެ އަންހެންމީހާ ނަދުރު ބުނެފައިވަނީ ލ.ގަމުގެ ކޮޅުން (ރަށުކޮޅުން) ފޮނަދޫގެ ކޮޅަށް (ކުރުގަމު ކޮޅަށް) ހިނގާފައި ދިއުމަށްކަމަށް އެމްވީ ޔޫތު އޮންލައިން އިން ބުނެއެވެ.

ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ދިރިއުޅެމުންދާ ހައްވާ ޒާހިރާ ހިނގަން ފަށާފައި ވަނީ މިއަދު ހެނދުނު 6:00 ގައި ގަމުގެ ކޮޅުންނެވެ. އޭނާއާއި އެކު އޭނާގެ ބައެއް އެކުވެރިން ވެސް މިހިނގުމުގައި ބައިވެރިވަމުން ދާއިރު މިމީހުން މިހާރު ތިބީ ފޮނަދޫ ތެރޭގައެވެ.

ދީނަށްޓަކައި، ޤައުމަށްޓަކައި މަސައްކަތްކުރާކަމަށް އަބަދުވެސް ވަކާލާތުކުރާ ބައެއް ޕީޕީއެމް މެންބަރުންނަކީ ލާދީނީ ފިކުރުތަކާއި ބިދުޢީ ޚިޔާލުތަކަށް ވަރަށް ދޯޅު ބައެއްކަމަށް ގިނަބަޔަކު ބުނަމުންދެއެވެ.

އިސްލާމްދީނުގައި ނަދުރެއް ބުނެވެނީ ހެޔޮކަމެއް ﷲ އާއި ކުށްތަންވުމުގެ ނިޔަތުގައި އަދާ ކުރުމަށެވެ. މިސާލަކަށް ރޯދަ ހިފުން ނުވަތަ ނަމާދުކުރުން، މިސްކީނަކަށް ކާންދިނުންފަދަ ކަންކަމެވެ.

ގަމުގެ ކޮޅުން ފޮނަދޫގެ ކޮޅަށް 27 ކިލޯ މީޓަރު ހުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް