ފަހުގެ ޚަބަރު


އިތުރަށް...

ޔާމިންގެ ސަރުކާރަށް ފަނަރަދުވަސް ނުވަނީސް މަސްގަންނަ އަގު ކިލޯއަކުން ހަތަރު ރުފިޔާ ދަށްކޮށްފި

ލިޔުނީ: Unknown - Tuesday, November 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މާންދޫ ހޮރައިޒަން ފިޝަރީޒް ބަނދަރު - ފޮޓޯ: ސަންދާން
ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ މަސްވެރިންނަށް ދިނުމަށް ވަޢުދުވި ޔާމިންގެ ސަރުކާރަށް ފަނަރަދުވަސް ނުވަނީސް މަސްގަންނަ އަގު ކިލޯއަކުން ހަތަރު ރުފިޔާ ދަށްކޮށްފި އެވެ.

މި ބަދަލާއެކު ފިނިކުރިމަހާއި ފިނި ނުކޮށް ގަންނަމުން އައި މަސްކިލޯއަކުން ހަތަރު ރުފިޔާ ވަނީ ދަށަށް ގޮސްފަ އެވެ.

ރާއްޖޭގައި މަސް ގަންނަ އެންމެބޮޑު ހަތަރު ކުންފުނިން ވެސް ވަނީ މަހުގެ އަގަށް މިމަހުގެ 25 އިން ފެށިގެން މި ބަދަލު ގެނެސްފަ އެވެ. ކޫއްޑޫއާއި ފެލިވަރާއި، މިފްކޯ އަދި ހޮރައިޒަން ފިޝަރީރުން ފިނިކުރި މަސް ކިލޯއެއް 22.55 ކުރިން ގަތް ނަމަވެސް މިހާރު ގަންނަނީ 18 ރ އަށެވެ. އައިސް ނާޅާ މަސް ކިލޯއެއް 20.50 ރ އަށް ކުރިން ގަންނަމުން އައި ނަމަވެސް އިއްޔެއިން ފެށިގެން ގަންނަމުން ދަނީ 16ރ އަށެެވެ.

މަހުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި މަހަށް ލިބެމުންއައި އަގަށް ނިސްބަތުން ބޮޑު ބަދަލެއް އައުމާ ގުޅިގެން ކަމަށް ހަތަރު ކުންފުނިން ވަނީ ބުނެފަ އެވެ. އެކުންފުނިތަކުން ބުނީ ނިސްބަތުން 650 ޑޮލަރު މަސްޓަނަކުން ދަށްވެފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި މަސްޓަނެއް މިހާރު ހުރީ 1850 ޑޮލަރަށްވުރެ ދަށުގަ އެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލުތައް އަންނަމުން ދިޔަނަމަވެސް އެމްޑީޕީގެ ސަރުކާރުގައިވަނީ މަސްވެރިންއަތުން މަސްގަންނަ އަގު މަތިކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް