ފަހުގެ ޚަބަރު


އިތުރަށް...

'ރައީސް ނަޝީދާއިމެދު ދީނީ ޢިލްމުވެރިންގެ ބަސް' މިނަމުގައި ނެރުނު ފޮތުގައި ސޮއިކުރުވީ އޮޅުވާލައިގެން

ލިޔުނީ: Unknown - Friday, November 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: , ,
އަދާލަތު ޕާޓީ އިން ދީނީ ފަތުވާގެ ނަމުގައި ނެރެފައިވާ ސިޔާސީ ފޮތް
“ރައީސް ނަޝީދާއި މެދު ދީނީ އިލްމުވެރިންގެ ބަސް” މިނަމުގައި އަދާލަތު ޕާޓީން ނެރުނު ފޮތުގައި ޝާއިއުކޮށްފައިވާ 64 ދީނީ އިލްމުވެރިންގެ ތެރެއިން ގިނަބަޔެއްގެ ސޮޔަކީ އެޕާޓީން އޮޅުވާލުމާއި މަކަރާއި ހީލަތުންކޮށްފައިވާ ކަމެއްކަން ޓައިމްސް އެމްވީ އިން ބުނެފިއެވެ.

އަދާލަތު ޕާޓީގެ އަންހެނުންގެ ކޮމެޓީގެ އިސް ސަފުގައި މަސައްކަތް ކުރާ އަންހެން ބޭފުޅަކު ނަންނުޖެހުމަށް އެދި ޓައިމްސް އެމްވީ އާއި މައުލޫމާތު ހިއްސާކުރަމުން ކިޔާދީފައިވާކަމަށް ބުނެފައިވަނީ، އަދާލާތު ޕާޓީން ނެރުނު ފޮތަކީ “ސީދާ ރައީސް ނަޝީދުގެ އަގުވައްޓާލުމުގެ ނިޔަތުގައި އަދާލަތު ޕާޓީން ކޮށްފައިވާ ލާއިންސާނީ އަމަލެއް” ކަމުގައެވެ. އަދި އެފޮތުގައި ޝާއިއުކޮށްފައިވާ ގިނަ އިލްމުވެރިންގެ ސޮޔަކީ އެބޭބޭފުޅުންގެ މަޝްވަރާއާއި އިޒުނަޔާއި ނުލާ އަދާލަތު ޕާޓީން ހިންގައިފައިވާ ޖަރީމާއެއްކަމަށް ޓައިމްސް އެމްވީ އާއި މައުލޫމާތު ހިއްސާކުރެއްވި ފަރާތުން ކިޔާދީފައިވާކަމަށް ބުނެއެވެ.

“އަޅުގަނޑުގެ ޕާޓީން ނެރުނު ފޮތެއްގެ ސަބަބުން ގިނަ ބަޔެއްގެ މެދުގައި މިހާރު މިވަނީ ބޮޑެތި ފިތުނަތަކެއް އުފެދިފައި. ދީނުގައި ކަންކުރަން އަންގަވާފައި އޮންނަ ގޮތަކަށް ނޫން މިހާރަކަށް އައިސް ޕާޓީތެރޭގައި ކަންކަން ކުރަނީ. ފަހަކަށް އައިސް ފެންނަނީ އަމިއްލަ އެދުމާއި އަމިއްލަ ބޭނުން ބައެއް ބޭބޭފުޅުން އިސްކުރާތަން،” ނަން ނުޖެހުމަށް އެދި ޓައިމްސް އެމްވީ އާއި މައުލޫމާތު ހިއްސާ ކުރެއްވި ފަރާތުން ކިޔާދީފައިވެ އެވެ.

އަދާލަތު ޕާޓީގެ އިސްސަފުގައި ހަރާކާތްތެރިވާ ބޭފުޅަކު މިވާހަކަ ޓައިމްސް އެމްވީ އާއި ހިއްސާކޮށްފައި ވާއިރު، ވޭތުވެދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޓީވީއެމް އިން ބޭއްވި “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރައީސް ނަޝީދު ވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ވެސް ވިދާޅުވެފައިވަނީ، އެ ފޮތުގައި ސޮއިކުރި ގިނަ ދަންނަ ބޭކަލުން ސޮއިކުރައްވާފައިވަނީ އެފޮތް ރަނގަޅަށް ވިދާޅުނުވެ ކަމަށެވެ.

އެފޮތް ނެރުމަށް މައުމޫނު ފަސްލައްކަ ރުފިޔާ ހަރަދު ކުރެއްވިކަމަށް ވެސް އެ ފޮތް ނެރުމަށް މަސައްކަތްކުރި ޓީމުން ބުނެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: , ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް