ފަހުގެ ޚަބަރު


އިތުރަށް...

އަންނަ މަހު 'ފެނަކަ' އިން ފޮނަދޫ އިންޖީނުގެއާއި ޙަވާލުވާނެ ކަމަށް އެތަނުން ބުނެފި

ލިޔުނީ: Unknown - Tuesday, August 28, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކަރަންޓްގެ މައްސަލަ ދިމާވެފައިވާ ފޮނަދޫ އިންޖީނުގެ މަސްދުވަސްތެރޭ ފެނަކައަށް ބަދަލު ކުރާނެކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.
ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި، ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ މަހުގެ ތެރޭގައި ފެނަކައިގެ ދަށަށް ލ. ފޮނަދޫ އިންޖީނުގޭ ބަދަލުކުރާނެކަމަށެވެ.
ފޮނަދޫ އިންޖީނުގެއާއި މިހާތަނަށް ހަވާލު ނުވެވިވަނީ އިންޖީނުގޭގައި ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނު ހަލާކުވެފައި ހުރުމުގެ ސަބަބުން، އެއިންޖީނާއެކު އެތަނާއި ހަވާލުވެއްޖެނަމަ އެއިންޖީނުގެ ދަރަނީގެ ޒިންމާ ފެނަކައިން އުފުލަން ޖެހޭތީކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އޭޝިއަން ޕަވަރ އިންވެސްޓްމެންޓްގެ ފަރާތުން 1.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން، 24 މަސް ދުވަހުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ގޮތަށް ގެނެސްފައިވާ 360 ކިލޯވޯޓްގެ ސެކަންޑް ހޭންޑު އިންޖީނު ބޭނުން ކުރަން ފެށިތާ 6 މަސްދުވަހުގެ ތެރޭގައިވަނީ ހަލާކުވެފައިކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މައްސަލަ ހައްލުނުކޮށް އެއިންޖީނާއެކު އެކުންފުނިން ފޮނަދޫ އިންޖީނުގެއާއި ހަވާލުވެއްޖެނަމަ އިންޖީނުގެ އިންސްޓޯލްމަންޓުގެ ދަރަނީގެ ފައިސާއާއި ހަވާލުވާން ޖެހޭތީ، އެމައްސަލަ ހައްލުކުރުމުގައި ރަށު ކައުންސިލާއެކު މަޝްވަރާތަކެއްވެސް ކުރިއަށްދާކަމަށެވެ. ކަރަންޓްގެ މައްސަލަ ދިމާވެފައިވާ ފޮނަދޫ އެކި ހިސާބުތަކުން އެކިވަގުތު މިހާރުވެސް ދުވާލަކު ފަސް ހަފަހަރަށް ގަޑިއެއްހާއިރަށް ކަރަންޓް ކެނޑެމުންދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for އަންނަ މަހު 'ފެނަކަ' އިން ފޮނަދޫ އިންޖީނުގެއާއި ޙަވާލުވާނެ ކަމަށް އެތަނުން ބުނެފި

  1. ފެނަކައަށް ދިނަސް މިހާރު މިއުޅޭ ދަތި ޙާލުން ސަލާމަތް ވެދާނެ ކަމަށް ފެނޭ. އެހެންވީމަ ފެނަކަ އަށޤ ދޭން ވެސް ފެނޭ

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް